އައްސޭރި ޖަލަށް ފޯނާއި މަސްތުވާތަކެތި އެތެރެކުރަން އުޅެފި

އައްސޭރި ޖަލަށް ވެއްދުމަށްޓަކައި ޕޮޓުކޮއްފައިވާ މަސްތުވާތަކެއްޗާއި މޯބައިލް ފޯނުތަކެއް އެޖަލުގެ އޮފިސަރުން ހޯދާފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް ވިދާޅުވީ މި ތަކެތި ހޯދާފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ ލިބުނު މައުލޫމާތަކާ ގުޅިގެން އައްސޭރި ޖަލުގެ އޮފިސަރުން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. އަދި މި ތަކެތި މިހާރު ފުލުހުންނާ ހަވާލު ކުރެވިފައިވާ ކަމަށް ވެސް ބުނެއެވެ.

ޖަލުތަކުގައި ހިންގާ މިފަދަ ޚާއްސަ އޮޕަރޭޝަންތަކުގައި ގައިދީން ޖަލަށް ވެއްދުމަށް މަސައްކަތް ކުރަމުންދާ އަދި ޖަލަށް ވައްދާފައިވާ މިފަދަ ތަކެތި ދަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!