ކޮވިޑް ބަލީގައި 63 އަަހަރުގެ މީހަކު ނިޔާ ވެއްޖެ

ކޮވިޑް ޖެހިގެން 63 އަހަރުގެ މީހަކު ނިޔާ ވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، ނިޔާވެފައި ވަނީ އުމުރުން 63 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާ ނިޔާވެފައި ވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީ (އެޗްއެމްއެފް) ގައި ފަރުވާ ދެމުން ދަނިކޮށް ރޭ 10:53 ހާއިރު ކަމަށް އެ އެޖެންސީން ބުނެއެވެ،

އީ ރާއްޖެއިން މި ބަލީގައި ނިޔާވި 174 ވަނަ މީހާއެވެ.

ރާއްޖޭގައި ކޮވިޑް ބަލި ފެނުނުތާ މިހާތަނަށް 453 ދުވަސްވެފައި ވާ އިރު މި ދިޔަ މެއި މަހަކީ ރާއްޖެއިން މި ބަލިގައި އެންމެ ގިނަ މީހުން ނިޔާވި މަހެވެ. މެއި މަހު 88 މަރު ވަނީ ރިޕޯޓް ކޮށްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!