ގެއްލިގެން ރިޕޯޓު ކުރި 16 އަހަރުގެ ކުއްޖާ ފެނުނީ ހޮސްޕިޓަލުން

ހދ. ކުޅުދުއްފުށީގައި ވީ ނުވީތަނެއް އާއިލާއަށް ނޭނގިގެން ރިޕޯޓް ކުރި 16 އަހަރުގެ އަންހެން ކުއްޖާ ހޯދަމުން ދަނިކޮށް ފެނިއްޖެ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ މި މައްސަލަ ފުލުހުންނަށް އާއިލާގެ ފަރާތުން ރިޕޯޓު ކޮށްފައި ވަނީ ރޭ 10:24 ހާއިރު ކަމަށެވެ. އަދި މައްސަަލަ ރިޕޯޓު ކުރުމާއެކު އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދަނިކޮށް އެ ކުއްޖާ ކުޅުދުއްފުށީ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމުގެ މައުލޫމާތު ރޭ 11:00 ހާ އިރު ލިބިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އެ ކުއްޖާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދަނީ އަނބުރައިގަނެގެން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން ދަނީ ބަލަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!