ކުޑަ ވިލިގިލި ރިސޯޓް މިމަހު 6ގައި ހުޅުވަނީ

ކ. ކުޑަ ވިލިނގިލީގައި ތަރައްގީކޮށްފައިވާ ރިސޯޓް މިމަހުގެ 6ވަނަ ދުވަހު ހުޅުވުމަށް ތައްޔާރުވެއްޖެއެވެ. ކުޑަ ވިލިގިލި ރިސޯޓް މޯލްޑިވްސްގެ ނަމުގައި ހުޅުވާ މި ރިސޯޓުގައި 59 ބީޗް ވިލާ އާއި 36 ވޯޓާ ވިލާއާއި އެކު ޖުމްލަ 95 ވިލާ ހުރެއެވެ.

ފަސް ތަރީގެ މި ރިސޯޓުގައި ތަފާތު އެކި ކެއުންތައް ލިބޭ 3 ރެސްޓޯރެންޓު ހުރެއެވެ. އަދި ފަތުރުވެރިންނަށް ބޭނުންވާނެ އިތުރު ޙިދުމަތްތަކާއި، ސްޕާއެއްގެ ޙިދުމަތްވެސް މި ރިސޯޓުން ލިބެން ހުންނާނެއެވެ. ކުޑަ ވިލިގިލި ރިސޯޓް މޯލްޑިވްސްއަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން 30 މިނެޓުގެ ލޯންޗު ދަތުރަަކުން ދެވޭނެއެވެ.

ކުޑަ ވިލިގިލި ރިސޯޓު ހުޅުވުމަށް ތައްޔާރުވެފައިވާއިރު، ދާދި ފަހުން ރާއްޖޭގައިވަނީ އިތުރު ރިސޯޓު ހުޅުވާފައެވެ. އެއީ ރިޓްޒް ކާލްޓަން މޯލްޑިވްސް ފަރި އައިލެންޑްސް ރިސޯޓާއި، ޕަޓީނާ މޯލްޑިވްސް ފަރި އައިލެންޑެވެ.

ހުސްވި އަހަރުތެރޭ ރާއްޖޭގެ ފަތުރުވެރިކަމަށް އައި މަޑުޖެހުމާއެކު ރިސޯޓްތައް ހުޅުވާ ތާރީޚުތައްވެސް ލަސްވެގެން ދިޔައެވެ. އެގޮތުން މިދިޔަ އަހަރު ރާއްޖޭގައި އަލަށް 12 ރިސޯޓު ހުޅުވުމަށް ނިންމާފައި އޮތް ނަމަވެސް އަހަރު ނިމިގެން ދިޔައިރު، ހުޅުވުނީ 4 ރިސޯޓެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!