ރާއްޖެއަށް އެމެރިކާ އިން ވެކްސިން ހަދިޔާކުރަން ނިންމުމުން ރައީސް ޝުކުރު އަދާ ކުރައްވައިފި

އެމެރިކާއިން ކޮވިޑް-19 ވެކްސިން ފޯރުކޮށްދޭ ފުރަތަމަ ގައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު އެމެރިކާގެ ރައީސަށް ޝުކުރު އަދާ ކުރައްވައިފިއެވެ.

އެމެރިކާއިން ދުނިޔޭގެ ގައުމުތަކަށް ވެކްސިން ފޯރުކޮށްދޭން ނިންމެވިކަން އެގައުމުގެ ރައީސް ޖޯ ބައިޑެން ވަނީ އިއުލާނު ކުރައްވާފައެވެ. އެގޮތުން ދިވެހިރާއްޖެ ހިމެނޭހެން އޭޝިއާ ސަރަހައްދުގެ ގައުމުތަކަށް 7 މިލިއަން ޑޯޒްގެ ވެކްސިން ފޯރުކޮށްދޭނެކަމަށް އެމެރިކާއިން އިއުލާނުކޮށްފައިވާކަމަށް ރާއްޖޭގެ ޚާރިޖީ ވުޒާރާއިންވެސް މައުލޫމާތު ދެއެވެ.

އެކަމަށް ޝުކުރު އަދާ ކުރައްވައި ރައީސް ސޯލިހު ކުރެއްވި ޓްވީޓެއްގައި ވަނީ އެމެރިކާގެ ރައީސް ޖޯ ބައިޑެންއާއި އެމެރިކާގެ ރައްޔިތުންނަށް ޝުކުރު އަދާ ކުރައްވާކަމަށް ވިދާޅުވެފައެވެ. އަދި ކޮވިޑް-19 ހާލަތުގައި އެމެރިކާއިން ވެދޭ އެހީތެރިކަމަށްޓަކައި ރާއްޖެއިން މަރުހަބާކިޔާ ކަމަށް ރައީސް ވިދާޅުވިއެވެ.

އެމެރިކާއިން ދިވެހިރާއްޖެއަށް ވެކްސިން ފޯރުކޮށްދޭނެކަން އިއުލާނު ކޮށްފައިވާއިރު، އެމެރިކާއިން ހަދިޔާކުރި ޕީޕީއީއާއި މެޑިކަލް އިކުއިޕްމަންޓުތައްވެސް ބުރާސްފަތި ދުވަހު ދިވެހިރާއްޖެއާ ރަސްމީކޮށް ހަވާލުކުރާނެކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!