170105 މީހުން ވެކްސިން ފުރިހަމަކޮށްފި

ބުދަ ދުވަހު ވެކްސިންގެ ދެވަނަ ޑޯޒްޖެހި 1216 މީހުންނާއެކު ރާއްޖެއިން ވެކްސިން ފުރިހަމަކުރި މީހުންގެ ޢަދަދު 170،000އަށް އަރައިފިއެވެ.

ރާއްޖޭގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޢަދަދުވެސް މިހާރުވަނީ 310،000އަށްވުރެ އިތުރުވެފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)ގެ ތަފާސް ހިސާބުތައް ދައްކާގޮތުން ބުދަ ދުވަހު ކޯވިޑް-19އިން ދިފާޢުވުމަށް ވެކްސިންގެ 2ވަނަ ޑޯޒް ޖެހި 1216 މީހުންގެ ތެރޭގައި ހިމެނެނީ މާލޭ ސަރަޙައްދުން ވެކްސިން ޖެހި 267 މީހަކާއި، އަތޮޅުތަކުން ވެކްސިން ޖެހި 929 މީހުންނެވެ. މިއާއެކު ރާއްޖޭގައި ވެކްސިން ފުރިހަމަ ކުރި މީހުންގެ ޖުމްލަ ޢަދަދު މިވަނީ 170،105 އަށް އަރާފައެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް 429 މީހުންވަނީ ޖަހާފައެވެ. އޭގެ ތެރޭގައި ހިމެނެނީ މާލެއިން ފުރަތަމަ ޑޯޒް ޖެހި 88 މީހަކާއި، އަތޮޅުތަކުން ވެކްސިން ޖެހި 341 މީހެކެވެ. ރާއްޖެއިން ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމުލަ ޢަދަދު މިހާރު ވަނީ 310،834 އަށް އަރާފައެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!