ގުޅިފަޅު މަޝްރޫޢުގެ ބިންހިއްކަން އެމްޓީސީސީން ތައްޔާރުވެއްޖެ

ގުޅިފަޅު ބިން ހިއްކުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާ ކަމަށް އެމްޓީސީސީ އިން ބުނެފި އެވެ.

އެމްޓީސީސީން ބުނީ ގުޅިފަޅު ބިންހިއްކުމާއި އިތުރު މަސައްކަތްތައް ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ފެށުމަށްޓަކައި އިއްޔެ ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފައިވާ ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 80،000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއި، 380 މީޓަރުގެ ސަރަޙައްދެއްގައި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީއިން ބުނެއެވެ.

މި މަޝްރޫޢަކީ 8.94 މިލިއަން ރުފިޔާގެ މަޝްރޫޢެއް ކަމަށާއި މި މަޝްރޫޢު ނިންމުމަށް ހަމަޖެހިފައިވަނީ 55 ދުވަސްތެރޭގައި ކަމަށް އެމްޓީސީސީން ބުނެއެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!