Former Maldives President Mohamed Nasheed delivers a lecture on climate change in New Delhi, India, Thursday, Feb. 14, 2019. In an interview to The Associated Press Thursday after giving a climate change lecture, Nasheed said the Indian Ocean archipelago nation is seeking tenders for renewable energy projects to help lessen the burden of foreign debt. (AP Photo/Manish Swarup)

އިސްލާމްދީނާ ހިލާފުވީމަ ލާދީނީ ކަމަށް ބުނެވެން ޖެހޭ: ނަޝީދު

އިސްލާމް ދީނާ ހިލާފުވުމުން އެމީހަކާ ދިމާއަށް ލާދީނީއޭ ބުނެވެން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

“ލާދީނީ ގޮވުން: އަނގަހުތުރުވުން” މިނަމުގައި ލިޔުއްވި ލިޔުއްވުމުގައި ލާދީނީ މީހެއްކަމަށް ބުނުމުގެ ހައްޤު އެހެން މީހުނަށް އޮންނާން ޖެހޭނެ ކަމަށް އެތައްބަޔަކު ދެކޭކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ، މި މައްސަލާގައި އެމަނިކުފާނު ދެކެވަޑައިގަންނަވާގޮތް އެހާ މުހިންމު ނޫންކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނަކީ ކަނޑައެޅިގެން އިސްލާމެއްކަމަށް ދެކެވަޑައިގެން ހުންނެވިކަމަށާއި، ލާދީނީ މީހެއް ކަމަށް ބުނުމަށް އެދިވަޑައި ނުގަންނަވާކަމަށެވެ.

ރައީސް ނަޝީދު ވީދާޅުވީ އެއްވެސް ރައްޔިތެއް ޤާނޫނާއި ޚިލާފްވާނަމަ، އެރައްޔިތެއްގެ ވާޖިބަކީ، އެކަމެއް ދިވެހި ދައުލަތުގެ ކަމާ ގުޅޭ އިދާރާތަކަށް އެންގުންކަމަށެވެ. ރާއްޖޭގެ ޤާނޫނީ ހުކޫމަތު ބިނާވެފައިވަނީ އިސްލާމު ދީނުގެ އުސޫލުތަކާއި ހަމަތަކުގެ މތީގައިކަން ފާހަގަކުރައްވަމުން ރައީސް ނަޝީދު ވީދާޅުވީ އެއްވެސް މީހަކު ލާދީނީ ވެއްޖެނަމަ އެމީހެއްގެ މައްޗަށް ދިވެހި ޤާނޫނުތައް ހިންގޭނެކަމަށާއި އެކަން އަބަދުވެސް ކުރަމުން އަންނަކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ވަކި މީހަކު ލާދީނީ މީހެއްކަމަށް ބުނުމަކީ ޖިނާއީ ކުށެއްގެ ތުހުމަތެއް ކުރުންކަމަށެވެ. އަދި އެއީ އެ މައްޗަށް ޖިނާއީ ދައުވާ އުފުލޭނެ ސަބަބެއްކަމަށްވެސް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ. ރައީސް ނަޝީދު ވިދާޅުވީ އެއްވެސް އޮޅުމެއް ނެތް ގޮތުގައި ލާދީނީކަމަށް އެހެން މީހަކާއި ދިމާލަށް ބުނުމަކީ އެހެން މީހުންގެ މެދުގައި ނަފްރަތު އުފެއްދުމަށް ބުނާ ބުނުމެކެވެ. އަދި އެއީ އަނެކާ ގޯސްކަމަށް ދެއްކުމަށް ބުނާ ބުނުމެއްކަމަށާއި އަދި އެއީ ބުނެވޭން ހުރި ނުރަނގަޅު ބަސްތައް މަދުކަމުން ބުނާ ބަހެއްކަމަށް ގަބޫލުފުޅުކުރެއްވޭކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. އެމަނިކުފާނުގެ ލިޔުން ނިންމާލެއްވީ ވައްކަން ކުރި މީހާއާއި ދިމާލަށް ވަގެކޭ ބުނެވޭ ހަމާގައި އިސްލާމީ ދީނާ ހިލާފްވީމާ ލާދީނީ އޭ ބުނެވެންޖެހޭނަކަމަށް ވިދާޅުވަމުންނެވެ

ލާދީނީ ކިޔުމާއި ގުޅޭގޮތުން ރައީސް ނަޝީދު ވާހަކަފުޅު ދައްކަވާފައި މިވަނީ އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ޚިލާފަށް ނޫނީ އިސްލާމްދީނާ ދެކޮޅު މީހެއްކަމަށް ތުހުމަތު ކުރުމާއި، މީހެއްގެ އިސްލާމީ އަގީދާއާ ގުޅުވައި އެ މީހަކާ މެދު ނަފްރަތު އުފެއްދުމުގެ އިތުރުން، މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުމާއި އެކަމުގައި ބައިވެރިވުމަކީ ކުށަކަށް ހެދުމަށް ޤާނޫނުލް އުގޫބާތަށް އިޞްލާހެއް ހުށައަޅާފައި ވަނިކޮށެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!