އައިޖީއެމްއެޗަށް ގެންދިޔަ ކޮވިޑު ބަލީގެ މާބަނޑު މީހެއްގެ ދަރިފުޅު ނިޔާވެއްޖެ

އެމަޖެންސީގައި އައިޖީއެމްއެޗަށް ގެންދިޔަ، ކޯވިޑް19 އަށް ޕޮޒިޓިވް މާބަނޑު އަންހެނެއްގެ ދަރިފުޅު ނިޔާވެއްޖެ އެވެ.

އައިޖީއެމްއެޗުން ބުނީ އެއަންހެން މީހާއަށް މިހާރު ދަރަމަވަންތަ ހޮސްޕިޓަލުގެ 16 ވަނަ ފަންގި ފިލާގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. އަދި އެމީހާ އައިޖީއެމްއެޗްގެ އީއާރަށް ގެންދިޔައިރުވެސް ދަރިފުޅު ނިޔާވެފައިވާކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ. ނަމަވެސް ކުއްޖާ ނިޔާވީ ސީދާ ކޮން ސަބަބަކާ ހުރެ ކަން ދެނެ ނުގަނެވޭކަމަށްވެސް ހޮސްޕިޓަލުން ބުނެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މާބަނޑު މީހާ ވިހާފައިވަނީ އެމްބިއުލާންސް ތެރެއަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!