ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ މަހުގެ 3ގެ ނިޔަލަށް އިތުރުކޮށްފި

އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިތުރު އެއް މަސް ދުވަހަށް ދަމަހައްޓައިފިއެވެ. މިއީ މިމުއްދަތު އިތުރުކުރި 16ވަނަ ފަހަރުއެވެ.

ހެލްތު މިނިސްޓަރ އަޙުމަދު ނަސީމް ސޮއިކުރައްވާ ނެރުއްވާފައިވާ ޤަރާރުގައިވަނީ އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިތުރުކޮށްފައިވަނީ، ދިވެހިރާއްޖޭގައި އަދިވެސް ކޯވިޑް ބަލީގެ ނުރައްކާ އޮތުމުން އެނުރައްކާ ކުޑަކޮށް އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ޚާއްސަ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ލަފާ އަރުއްވާފައިވާތީ ކަމަށެވެ. އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިތުރުކޮށްފައިވަނީ އަންނަ ޖުލައި މަހުގެ 3ވަނަ ދުވަހުގެ ނިޔަލަށެވެ.

ވަގުތާއި ހާލަތަށް ރިއާޔަތްކޮށް، އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި އަޅަންޖެހޭ ހާއްސަ ފިޔަވަޅުތައް އަޅަމުންގެންދިއުމަށް، ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް އަންގާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

މިއީ އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިތުރުކުރި 16ވަނަ ފަހަރެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!