މިސްބާހު ވިސާ އާކުރަން އެމްބަސީއަށް ދިޔަ: ފޮރިން މިނިސްޓްރީ

ބޭރުގެ ޑްރަގް ނެޓްވޯކެއްގެ އަތްދަށުވެފައި ހުރި މިސްބާހް މުހައްމަދު، ވިސާގެ މުއްދަތު ހަމަވެގެން ފުރޭނެ ގޮތެއް ނެތް ކަމަށް ބުނެ، ޕާކިސްތާނުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއަށް މިދިޔަ މާޗު މަހު ދިޔަ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

ޕާކިސްތާންގައި ހުންނަ ދިވެހި އެމްބަސީއަށް މިސްބާހް ދިޔަ ކަން ހާމަވެފައި މިވަނީ ބޭރުގެ ޑްރަގް ނެޓްވޯކެއްގެ އަތްދަށުގައި ރަހުނު ކުރެވޭ މުދަލެއް ގޮތަށް މިސްބާހް ބަހައްޓާފައި ހުރި ކަމަށް ދިވެހި ފުލުހުން އިއްޔެ ހާމަކޮށްފައި ވަނިކޮށެވެ.

ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު މިއުވާން މުހައްމަދު، ވިދާޅުވި ގޮތުގައި މިދިޔަ މާޗު މަހުގެ މެދު ތެރޭގައި މިސްބާހް އެމްބަސީއަށް ދިޔައީ ވިސާ އޯވަ ސްޓޭވެގެން އުޅޭ ކަމަށް ބުނެ އެވެ.

އެހެންވެ އެމްބަސީން ވަނީ ވިސާގެ އޯވާ ސްޓޭވެއްޖެ ނަމަ ދެން އަމަލުކުރަން ޖެހޭ ގޮތްތައް އޭނާއަށް ކިޔައިދީފައި ކަމަށް މިއުވާން ވިދާޅުވި އެވެ.

މިއުވާން ވިދާޅުވި ގޮތުގައި މިސްބާހު ހާލުގައި ޖެހިގެން އެހީއަށް އެދިފައެއް ނުވެ އެވެ. އަދި އެ ދުވަހު އެމްބަސީން ދިޔަ ފަހުން އަލުން އެމްބަސީއަށް ގޮސްފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިއުވާން ވިދާޅުވީ ވިސާ ހަމަވުން ފަދަ ކަންކަމުގައި ދިވެހިން އަބަދުވެސް އެމްބަސީއަށް ގޮސް މައުލޫމާތު ސާފުކުރާ ކަމަށާއި އެގޮތަށް މިސްބާހު ވެސް ދިޔައީ ކަމަށް އޭރު ބެލެވުނީ އެއީ ގެއްލިގެން އުޅޭ މީހެއްކަން އެނގިފައި ނުވާތީ ކަމަށެވެ.

މިސްބާހު ގެއްލިގެން ފޮޓޯ އާންމުކޮށް ފުލުހުން އާންމުންގެ އެހީއަށް އެދުނީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގަ އެވެ. އެއީ އޭނާ ޕާކިސްތާނުގައި އެމްބަސީ އަށް ދިޔަ ފަހުންނެވެ.

ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު މިއުވާން މުހައްމަދު، “މިހާރު” އަށް ވިދާޅުވި ގޮތުގައި މިދިޔަ މާޗު މަހުގެ މެދު ތެރޭގައި މިސްބާހް އެމްބަސީއަށް ދިޔައީ ވިސާ އޯވަ ސްޓޭވެގެން އުޅޭ ކަމަށް ބުނެ އެވެ.

އެހެންވެ އެމްބަސީން ވަނީ ވިސާގެ އޯވާ ސްޓޭވެއްޖެ ނަމަ ދެން އަމަލުކުރަން ޖެހޭ ގޮތްތައް އޭނާއަށް ކިޔައިދީފައި ކަމަށް މިއުވާން ވިދާޅުވި އެވެ.

މިއުވާން ވިދާޅުވި ގޮތުގައި މިސްބާހު ހާލުގައި ޖެހިގެން އެހީއަށް އެދިފައެއް ނުވެ އެވެ. އަދި އެ ދުވަހު އެމްބަސީން ދިޔަ ފަހުން އަލުން އެމްބަސީއަށް ގޮސްފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިއުވާން ވިދާޅުވީ ވިސާ ހަމަވުން ފަދަ ކަންކަމުގައި ދިވެހިން އަބަދުވެސް އެމްބަސީއަށް ގޮސް މައުލޫމާތު ސާފުކުރާ ކަމަށާއި އެގޮތަށް މިސްބާހު ވެސް ދިޔައީ ކަމަށް އޭރު ބެލެވުނީ އެއީ ގެއްލިގެން އުޅޭ މީހެއްކަން އެނގިފައި ނުވާތީ ކަމަށެވެ.

މިސްބާހު ގެއްލިގެން ފޮޓޯ އާންމުކޮށް ފުލުހުން އާންމުންގެ އެހީއަށް އެދުނީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގަ އެވެ. އެއީ އޭނާ ޕާކިސްތާނުގައި އެމްބަސީ އަށް ދިޔަ ފަހުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!