ބެރިއެއްގެ ދަށުވެ ސީރިއަސް ޒަހަމްތަކެއް ލިބުނު ކުއްޖާގެ ހާލު ރަނގަޅު

ބެރިއެއްގެ ދަށުވެ ސީރިއަސް ޒަހަމްތަކެއް ލިބުނު ކުއްޖާގެ ހާލު ރަނގަޅު ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އުމުރުން 14 އަހަރުގެ މި ފިރިހެން ކުއްޖާއަށް ކުޑަކުދިންގެ ވޯޑުގައި ފަރުވާ ދިނުމަށްފަހު މިހާރު ޕްރައިވެޓް ވޯޑް 2 ގެ ރޫމަކަށް ބަދަލުކޮށްފައިވާ ކަމަށާއި، ހާލު ރަނގަޅުވަމުން އަންނަ ކަމަށެވެ.

މި ކުއްޖާ އައިޖީއެމްއެޗްއަށް ގެނެސްފައިވަނީ މެއި މަހުގެ 31 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތުގައެވެ. ފުރަތަމަ ފަރުވާ ދީފައިވަނީ ލ. ގަން ރީޖަނަލް ހޮސްޕިޓަލްގައެވެ. މިކުއްޖާއަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލެއް ހާމައެއް ނުކުރެއެވެ.

ފޮނަދޫގައި ގެއަކުން މަގުމައްޗަށް ވެއްޓުނު ބެރިއެއްގެ ދަށުވެ ކުއްޖަކު ޒަހަމްވީ މެއި މަހުގެ 30ވީ އާދިއްތަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. 

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!