ހެނބަދޫ ފެން ވިއުގައިގެ މަސައްކަތް ފަށައިފި

ނ. ހެނބަދޫގައި ފެނުގެ ނިޒާމް، ފެން ވިއުގައެއް ގާއިމު ކުރުމުގެ އަމަލީ މަސައްކަތް ފަށައިފައިވާ ކަމަށް އެމްޑަބްލިއުއެސްސީން ބުނެފި އެވެ.

ފެން ކުންފުނިން މިއަދު ބުނީ މިހާރު އެ މަޝްރޫއުގެ ދަށުން ކުރަނީ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ އިމާރާތުގެ މަސައްކަތާއި ފެނުގެ މައި ނެޓުވޯކުގެ ހޮޅި ވަޅުލުމުގެ މަސައްކަތް ކަމަށެވެ.

އެރަށުގައި 4.83 ކިލޯމީޓަރުގެ ދިގު ފެންހޮޅީގެ ނެޓްވޯކު ގާއިމް ކުރާނެ އެވެ. އަދި އާރްއޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމާއި، ފެން އުފެއްދުމަށް ދެ އާރްއޯ ޕްލާންޓް ބެހެއްޓުމުގެ އިތުރުން ފެން ރައްކާކުރަން ތިން ތާންގީ ބަހައްޓާނެ އެވެ.

ހެނބަދޫ ގޭގޭގައި ފެން މީޓަރު ބަހައްޓައި ކަނެކްޝަން ގުޅައި ދޭއިރު ފެން ތަހުލީލު ކުރާ ސާމާނު ވެސް ފޯރުކޮށް ދޭނެ އެވެ.

ޕްލޭނިން މިނިސްޓްރީ އިން އެމްޑަބްލިޔުއެސްސީ އާއި ހަވާލު ކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ އަގަކީ 41.3 މިލިއަން ރުފިޔާ އެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!