ކޯވިޑް ބަލީގައި ރާއްޖޭގައި އިތުރު 2 މީހަކު ނިޔާވެއްޖެ

  • ގދ. ތިނަދޫގައި ކޮވިޑް-19 އަށް ޕޮޒިޓިވް ވެގެން ފަރުވާ ހޯދަމުން ދިޔަ މީހަކު އަދި ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުންދިޔަ މީހަ ނިޔާވެއްޖެ އެވެ.

ތިނަދޫން ނިޔާވެފައި ވަނީ ތިނަދޫ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ އުމުރުން 88 އަހަރުގެ ދިވެހި ފިރިހެނެކެވެ. މާލޭ ސިޓީން ނިޔާވެފައި ވަނީ 62 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެ މީހާ ނިޔާވެފައި ވަނީ ރޭ ދަންވަރު 12:00 ވެސް ޖަހައި ބޮޑުވިފަހުންނެވެ. ތިނަދޫން ނިޔާވި މީހާގެ މައުލޫމާތެއް އެޗްޕީއޭއަކުން އަދި ނުދެ އެވެ.

ތިނަދޫގައި ކޮވިޑް ބަލި ޖެހިގެން މީގެ ކުރިން އެއްވެސް މީހަކު ނިޔާވެފައެއް ނުވެ އެވެ. އެ ރަށުން މިއަދު ނިޔާވި މީހާއާއެކު ރާއްޖޭގައި ކޮވިޑް ބަލީގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 173 އަށް އަރާފަ އެވެ.

ތިނަދޫގެ ކޮވިޑް ހާލަތަށް ބަލާއިރު މިދިޔަ 24 ގަޑިއިރުގެ ތެރޭގައި އެރަށުން އިތުރު ތިން މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ. 

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!