ކޮވިޑް19އާ ގުޅިގެން އެމެރިކާގެ އެހީ އަނެއްކާވެސް ރާއްޖެއަށް

ކޮވިޑް19އިން ރައްކާތެރިވުމަށް އެމެރިކާއިން އަނެއްކާވެސް ރާއްޖެއަށް އެހީދީފިއެވެ.

އެމެރިކާގެ ސެކެރެޓަރީ އޮފް ސްޓޭޓް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، އެމެރިކާއިން ހުއްޓުމެއްނެތި އެޝިއާގެ ގައުމުތަކަށް ފޯރުކޮށްދެމުން ގެންދާ އެހީތެރިކަމުގެ ދަށުން ރާއްޖެ، ޕާކިސްތާން އަދި ސްރީލަންކާއަށް ދޭ އެހީގެ ސާމާނާއެކު ބުރާސްފަތި ދުވަހު އެމެރިކާއިން ފްލައިޓް ފުރާނެ ކަމަށެވެ. މިއީ ޔޫއެސް އެއިޑްގެ ދަށުން ފޯރުކޮށްދޭ އެހީތެރިކަމެކެވެ. މީގެތެރޭގައި ހިމެނެނީ ކުއްލި ހާލަތުގައި ބޭނުންކުރާ ސާމާނު ކަމަށް ބްލިކެންގެ ޓްވީޓްގައި ވެއެވެ.

މީގެ ކުރިންވެސް އެމެރިކާއިން ވަނީ ރާއްޖެއަށް ކޮވިޑް19އިން ދިފާއު ވުމަށް އެހީތެރިކަން ފޯރުކޮށްދީފައެެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!