މަރިޔަމް ނިޝާ ވެސް ޓިކްޓޮކަށް؟

ދިވެހި ފިލްމީ ދާއިރާ ދުށް އެންމެ ކުޅަދާނަ އެއް ބަތަލާ ކަމަށްވާ މަރިޔަމް ނިޝާގެ އެކްޓިންގ އަނެއްކާވެސް ފޭނުންނަށް ދައްކާލައިފިއެވެ.

މިފަހަރު މަރިޔަމް ނިޝާ ފެނިގެންދިޔައީ ޒުވާން މޮޑެލް/އެކްޓަރު އިޝްފާންގެ ޓިކްޓޮކަކުންނެވެ. މީގެއިތުރުން ނިޝާ ވަނީ އޭނާގެ އަމިއްލަ ޓިކްޓޮކް އެކައުންޓެއް ހުޅުވައިފައެވެ. އޭގެން އޭނާގެ ކުރީގެ ބައެއް ލަވަތަކާއި، މިފަހުން އެކްޓުކޮށްފައިވާ ބައެއް ޓިކްޓޮކް ވީޑިއޯ އަންނަނީ ހިއްސާކުރަމުންނެވެ.

އިޝްފާން މިއަދު ޓިކްޓޮކްގައި ހިއްސާކުރި ލަވައިން ނިޝާ ފެނިގެންދާއިރު، އެއީ ނިޝާގެ ކުރީގެ ލަވައެއްގެ ތަންކޮޅެއްކަން ފާހަގަކޮށްލެވެއެވެ. އެ ލަވައަކީ ޔޫސުފް ޝަފީއު (ޔޫއްޕެ) އާއެކީ ކުޅެފައިވާ “ސިއްރުން މިހިތާ ކުޅެނީ” އެވެ.

mariyamnisha32 ގެ ނަމުގައި ޓިކްޓޮކް އެކައުންޓެެއް ހުޅުވައިގެން އުޅޭ ނިޝާއަށް މަދުދުވަސްކޮޅެއްގެ ތެރޭގައި ވަނީ 9000 އަށްވުރެ ގިނަ ފޮލޯވަރުން ލިބިފައެވެ. އަދި އޭނާ ދޫކޮށްލާ ކޮންމެ ވީޑިއޯއަކަށް އެތައް ބައިވަރު ވިއުސް އެއް ދަނީ ލިބެމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!