ފަސްލައްކަ ޑޯޒް ހަދިޔާ ކުރާނެ ކަމަށް ބުނެ ހުށައެޅީ ފޭކު ލިޔުންތަކެއް: ނަސީމް

ރަޝިއާ އިން އުފައްދާފައިވާ ސްޕަޓްނިކް ވީ ވެކްސިންގެ 500،000 ޑޯޒް ހަދިޔާ ކުރުމަށް ބޭނުންވާ ކަމަށް ބުނެ ރާއްޖޭގެ އަމިއްލަ ކުންފުންޏަކުން ސަރުކާރަށް ހުށައެޅީ ފޭކު ލިޔުންތަކެއް ކަމަށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމް މިރޭ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ ޑެލްޓަރ ކުންފުނިން ހުށަހެޅުމެއް ހުށަހެޅުމުން ކަން އޮންނަ އުސޫލުގެ ދަށުން އެ ހުށަހެޅުން ޔަގީން ކުރުމުގެ ގޮތުން ފޮރިން މިނިސްޓްރީ މެދުވެރިކޮށް ސްޕަޓްނުކް ކުންފުންނާ ވާހަކަ ދެކެވިފައ ވާ ކަމަށެވެ. އަދި އެގޮތުން އެ ކުންފުނިން އެޖެންޓެއް މެދުވެރިކޮށް ވެކްސިން ވިއްކަމުން ނުދާކަމަށް ވެސް މިނިސްޓަރ ވިދާލުވިއެވެ.

ކޮންމެ ކުންފުންނަކުން ވިޔަސް ރަނގަޅު ގޮތުގައި ވެކްސިން ފޯރުކޮށްދޭން ބޭނުން ވާނަމަ އެކަމަށް މަރުހަބާ ކިޔާނެ ކަމަށް ވެސް ނިބިސްޓަރ ވިދާޅުވިއެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!