މަޖިލިސް ގޮއްވާލަން ބުނި މީހާގެ ބަންދަށް 15 ދުވަސް

ރައްޔިތުންގެ މަޖިލީހަކީ ގޮއްވާލަން ޖެހޭ ތަނެއް ކަމަށް ބުނެ ފޭސްބުކްގެ ލައިވްއަކަށް ކޮމެންޓް ކޮށްގެން ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން އުމުރުން 28 އަހަރުގެ ދިވެހި ފިރިހެނެކެވެ. 

އޭނާގެ ބަންދަށް 15 ދުވަސް ޖެހީ ބަންދާއި މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުންނެވެ. އޭނާގެ މައްޗަށް ފުލުހުން ކުރަނީ ޓެރަރިޒަމްގެ ތުހުމަތެވެ.

މަޖިލީހަކީ ގޮއްވާލަން ޖެހޭ ތަނެއް ކަމަށް ބުނެ ކޮމެންޓް ކުރި މައްސަލަ ފުލުހަށް ހުށަހަޅާފައިވަނީ ރައްޔިތުން މަޖިލީހުގެ ފަރާތުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!