ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާއާ ގުޅޭގޮތުން ބެލި ސުލޫކީ މައްސަލަ ސާބިތެއް ނުވި

ފެމިލީ ކޯޓުގެ ގާޟީ ހުޒައިފާ މުހައްމަދު އާއި ގުޅޭގޮތުނ ޖުޑީޝިއަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ބަލަން ފެށި މައްސަލަ ސާބިތުނުވާ ކަމަށް ޖޭއެސްސީން ބުނެފިއެވެ.

ޖޭއެސްސީން ނެރުނު ނޫސްބަޔާނެއްގައި ބުނީ ފެބްރުއަރީ 18، 2021 ވަނަ ދުވަހު ސުލޫކީ މައްސަލަ ތަޙުޤީގު ކުރުމަށް ނޯޓިސް ދީފައިވާ ފެމެލީ ކޯޓުގެ ގާޒީ ޙުޒައިފާގެ ސުލޫކީ މައްސަލަ ތަޙުޤީގުކޮށް އެމައްސަލަ ސާބިތުނުވާ ކަމަށް ނިންމާފައިވާ ކަމަށެވެ.

އަދި ހުޒައިފާގެ ސުލޫކީ މައްސަލަ ސާބިތުނުވާ ކަމަށް 30 މެއި 2021 ވަނަ ދުވަހު ބޭއްވި ކޮމިޝަނުގެ 43ވަނަ ބައްދަލުވުމެއްގައި ނިންމާފައިވާ ކަމަށްވެސް ފެމިލީ ކޯޓުން ބުނެފައިވެއެވެ.

ގާޒީ ހުޒައިފާ އާއި ގުޅޭ ގޮތުން މީގެކުރިންވެސް ޖޭއެސްސީ އަށް މައްސަލަ ހުށަހަޅާފައިވެއެވެ. މަގާމުގެ ބާރު ބޭނުންކޮށްގެން ވަކި ބަޔަކަށް ނާޖައިޒު މަންފާ ހޯދައިދިނުމަށް ހުޒައިފާ މަސައްކަތް ކުރާ މައްސަލައެއް ވެސް ޖޭއެސްސީ އަށް މީގެކުރިން ހުށަހެޅިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!