މިޝްކާ މަރުވި މައްސަލަ އެޗްއާރުސީއެމް އިން ބަލަނީ

މިޝްކާ މަރުވި މައްސަލަ ބަލާނެކަމަށް ހިއުމަންރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބުނެފިއެވެ.

ހދ. ކުޅުދުއްފުށީ، ލާޖަހާގޭ، ފާތިމަތު މިޝްކާ މުހައްމަދު މަރުވީ ރޭ ދަންވަރު އައިޖީއެމްއެޗު ހޮސްޕިޓަލުގައި އެމެޖެންސީ ރޫމްގައި ފަރުވާދެމުން ދަނިކޮށެވެ. އިމާދުއްދީން ސްކޫލްގައި ކިޔަވަމުންދިޔަ މިޝްކާއަކީ، ކޮވިޑް ބަލީގައި ރާއްޖޭގައި މަރުވި ފުރަތަމަ ކުޑަކުއްޖާ އެވެ. ހާއްސަ އެހީއަށް ބޭނުންވާ މިސްކާއަށް ފަރުވާ ދިނުމުގައި އިހުމާލުވެފައިވާ ކަމަށް އާއިލާއިން ތުހުމަތު ކުރެއެވެ. އެގޮތުން އެމްބިއުލާންސް މިޝްކާ ބަލާ ގޮސްފައި ވަނީ އެޗްޕީއަށް ގުޅިތާ ދެގަޑިއިރަށްވުރެ ގިނަ އިރު ފަހުން ކަމަށް އާއިލާ އިން ބުނެ އެވެ.

މިޝްކާ ނިޔާވުމާއި މެޑިކަލް ފެސިލިޓީގެ އިހުމާލުން އެތައް ބަޔަކު ނިޔާވަމުންދާ ކަމުގެ ޝަކުވާތަކާއެކު ސަރުކާރާއި މިނިސްޓަރު ނަސީމް އަދި ކަމާބެހޭ އިދާރާތަކަށް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ.

އެޗްއާރުސީއެމް އިން ވަނީ ކޮވިޑް-19 ގެ މި ހާލަތުގައި ސިއްހީ ފަރާތްތަކުން ދޭން ޖެހޭ ފަރުވާ ވީހާވެސް އަވަހަކަށް ދެއްވުމަށް މަސައްކަތް ކުރެއްވުމަށް އިލްތިމާސް ކޮށްފަ އެވެ. އަދި ބަލިމީހާއަށް ލިބެން ޖެހޭ ހިދުމަތް އަވަސްމިނެއްގައި ފޯރުކޮށް ނުދެވިގެން ފުރާނައެއް ނެތިދިއުން ވަނީ ކުށްވެރި ކޮށްފަ އެވެ.

“މިކަން ހިނގާފައިވާ ގޮތް މި ކޮމިޝަނުން ބަލާނެ ވާހަކަ ދަންނަވަމެވެ،” އެޗްއާރުސީއެމުން ބުންޏެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!