މިނިސްޓަރު ނަސީމް މިރޭ ނޫސްވެރިންނާ ބައްދަލުކުރައްވަނީ

ކޮވިޑް ބަލީގައި އުމުރުން 10 އަހަރުގެ ފާތިމަތު މިޝްކާ ނިޔާވުމުގައި އިހުމާލުތަކެއްވެފައިވާ ކަމުގެ ތުހުމަތު ބޮޑުވެ އެ މައްސަލަ ބަލަން ފަށާފައިވާކަން ހާމަކޮށްފައިވަނިކޮށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމް މިރޭ ނޫސްވެރިންނާއި ބައްދަލު ކުރެއްވުމަށް ނިންމައިފި އެވެ.

އެޗްޕީއޭއިން ކުރި ޓްވީޓެއްގައި ބުނީ، މިރޭ 10:00ގައި ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އަދި އެ ބައްދަލުވުމުގައި މިނިސްޓަރު ނަސީމް ބައިވެރިވާނެ ކަމަށް އެ ޓްވީޓްގައި ބުންޏެވެ.

ހދ. ކުޅުދުއްފުށީ، ލާޖަހާގޭ، ފާތިމަތު މިޝްކާ މުހައްމަދު މަރުވީ ރޭ ދަންވަރު އައިޖީއެމްއެޗު ހޮސްޕިޓަލުގައި އެމެޖެންސީ ރޫމްގައި ފަރުވާދެމުން ދަނިކޮށެވެ. އިމާދުއްދީން ސްކޫލްގައި ކިޔަވަމުންދިޔަ މިޝްކާއަކީ، ކޮވިޑް ބަލީގައި ރާއްޖޭގައި މަރުވި ފުރަތަމަ ކުޑަކުއްޖާ އެވެ. ހާއްސަ އެހީއަށް ބޭނުންވާ މިސްކާއަށް ފަރުވާ ދިނުމުގައި އިހުމާލުވެފައިވާ ކަމަށް އާއިލާއިން ތުހުމަތު ކުރެއެވެ. އެގޮތުން އެމްބިއުލާންސް މިޝްކާ ބަލާ ގޮސްފައި ވަނީ އެޗްޕީއަށް ގުޅިތާ ދެގަޑިއިރަށްވުރެ ގިނަ އިރު ފަހުން ކަމަށް އާއިލާ އިން ބުނެ އެވެ.

މިޝްކާ ނިޔާވުމާއި މެޑިކަލް ފެސިލިޓީގެ އިހުމާލުން އެތައް ބަޔަކު ނިޔާވަމުންދާ ކަމުގެ ޝަކުވާތަކާއެކު ސަރުކާރާއި މިނިސްޓަރު ނަސީމް އަދި ކަމާބެހޭ އިދާރާތަކަށް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!