ވައްކަމުގެ ތުހުމަތުކުރެވޭ މީހަކު ހޯދަނީ

ވައްކަންކުރުމުގެ މައްސަލައެއްގައި ތުހުމަތުކުރެވޭ މީހަކު ހޯދަން އާންމުންގެ އެހީތެރިކަމަށް އެދިއްޖެ އެވެ.

ފުލުހުންގެ ވެބްސައިޓްގައި ފޮޓޯ އާންމުކޮށް، ހޯދަން އިއުލާންކޮށްފައިވަނީ ނ. ކެނދިކުޅުދޫ / ކެނދިކޮޅު، އޯޝަންވިލާ، އިބްރާހީމް އަޒްލީފް (32އ) އެވެ.

ފުލުހުން ބުނީ އަޒްލީފް ހޯދަނީ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ ވައްކަމުގެ މައްސަލައަކާ ގުޅިގެން ކަމަށެވެ.

އިބްރާހީމް ޢަޒްލީފްއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަމްބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރެއްވުން ފުލުހުން އެދެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!