މިޝްކާގެ މަރުގެ މައްސަލަ މަޖިލީހަށް

އެންބިއުލާންސް އައުން ލަސްވެ، ކޮވިޑް ބަލީގައި މަރުވި ކުޑަ ކުއްޖާގެ މަރުގެ މައްސަލައިގައި ޒިންމާވާން ޖެހޭ ފަރާތްތައް މަޖިލީހަށް ހާޒިރުކުރުމަށް ހުށަހަޅައިފިއެވެ.

މަޖިލީހަށް މި މައްސަލަ ހުށަހެޅުއްވީ މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމްއެވެ.

ރޭ ނިޔާވި ކުއްޖާ ހޮސްޕިޓަލަށް ގެންދިއުމަށް އެންބިއުލާންސް ގޮސްފައިވަނީ އެންބިއުލާންސަށް ގުޅިތާ 2 ގަޑިއިރާ 40 މިނިޓު ފަހުން ކަމަށް އާއިލާއިން ވަނީ ބުނެފައެވެ.

ހައިތަމް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ މިއީ މިގޮތަށް ކުއްލި ހާލަތުގައި ސިއްހީ ފަރުވާ ލަސްވުމުގެ ސަބަބުން ހިތާމަވެރި ހާދިސާއެއް ހިނގާދިޔަ ފުރަތަމަ ފަހަރެއް ނޫން ކަމަށާއި ކޮވިޑް19 ގެ ކުރިންވެސް ރައްޔިތުންގެ ފަރާތުން ކުއްލި ހާލަތުގައި ސިއްހީ ފަރުވާ ލަސްވުމުގެ ސަބަބުން އެތައް ޝަކުވާތަކެއް ލިބިފައިވާ ކަމަށެވެ.

” ސިއްހީ ފަރުވާ ލިބުން ލަސްވާ ސަބަބާއި މިކަން މިއަށް ވުރެން ފަރުވާތެރި ކަމާއިއެކު ނުގެންދެވޭ ސަބަބާއި، މާލޭގެ އާބާދީ އާއި އެކަށީގެން ވާވަރަށް ހިދުމަތް ދެވޭނެ އަދަދަށް ސިއްހީ އާލާތްތަށް ހުރިތޯ ބެލުން އަދި މިކަމުގައި ޒިންމާ ނަގަން ޖެހޭ ފަރާތްތަކާއި ސުވާލު ކުރެވެންޖެހޭ ކަމަށް ދެކެމެވެ. މިކަން މިގޮތަށް ތަކުރާރު ވަމުންދާ ސަބަބު ދެނެގަތުމަށް، ސިއްހީ ފަރުވާ ލިބުން ލަސްވާ ސަބަބާއި މިކަން މިއަށް ވުރެން ފަރުވާތެރި ކަމާއިއެކު ނުގެންދެވޭ ސަބަބާއި، މާލޭގެ އާބާދީ އާއި އެކަށީގެން ވާވަރަށް ހިދުމަތް ދެވޭނެ އަދަދަށް ސިއްހީ އާލާތްތަށް ހުރިތޯ ބެލުން އަދި މިކަމުގައި ޒިންމާ ނަގަން ޖެހޭ ފަރާތްތަކާއި ސުވާލު ކުރެވެންޖެހޭ ކަމަށް ދެކެމެވެ.” ހައިތަމް ވިދާޅުވިއެވެ.


އަދި މިފަދަ އިތުރު ހާދިސާތަކެއް ތަކުރާރުވުމުގެ ކުރިން، މިކަމުގައި ޒިންމާ ނަގަންޖެހޭ ފަރާތްތައް މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީ އަށް ޙާޒިރުކޮށް މި މައްސަލަ ބަލައިދިނުމަށް ހައިތަމް ވަނީ އެދިފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!