ތިނަދޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހެއްގެ ހާލު ސީރިއަސްވެ ފަރުވާދެނީ

ތިނަދޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހެއްގެ ހާލު ސީރިއަސްވެ ހޮސްޕިޓަލްގައި ފަރުވާ ދޭން ފަށައިފިއެވެ.

ތިނަދޫގައި ހުންނަ އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުން މައުލޫތު ދެއްވާ ގޮތުގައި ހާދިސާއާއި ގުޅިގެން ގެނައި މީހާކަށް މިވަގުތު އެމަޖެންސީގައި އަންނަނީ ފަރުވާ ދެމުންނެވެ. ހޮސްޕިޓަލުން އޭނާއަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލެއް ހާމަ ކޮށްފައެއް ނުވެއެވެ.

ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ މެނޭޖަރު އަހުމަދު ސައީދު މައުލޫމާތު ދެއްވަމުން ވިދާޅުވީ އެކްސިޑެންޓްގައި އަނިޔާ ލިބުނު ތިން މީހަކު އެ ހޮސްޕިޓަލަށް ގެނެވުނު ކަމަށާއި އެތަނުން އެކަކުގެ ހާލު ސީރިއަސް ކަމަށެވެ. ހޮސްޕިޓަލުން އޭނާއަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލެއް ހާމަ ކޮށްފައެއް ނުވެއެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!