އިންފޮމޭޝަން ކޮމިޝަނަރު ކަމަށް އަނެއްކާ ހުޅުވާލައިފި

ހުސްވެފައިވާ އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލުމަށް އަނެއްކާވެސް ހުޅުވާލައިފި އެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމުގައި ހުންނެވި ހުސައިން ފިޔާޒު މޫސާ އިސްތިއުފާ ދެއްވުމާ ގުޅިގެން އެމަގާމަށް ކުރިމަތިލުމަށް ފުރަތަމަ ހުޅުވައިލީ މިދިޔަ މާޗް މަހުގެ 22 ވަނަ ދުވަހު އެވެ.

އެ މަގާމަށް ކުރިމަތިލުމަށް އާންމުކޮށް ހުޅުވާލުމުން ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ތިން ބޭފުޅެއްގެ ނަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަޖިލީހަށް ހުށަހެޅުއްވުމުން އެ ބޭފުޅުންގެ ނަންތައް ދިރާސާކުރަން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވީ އޭޕްރީލް 26 ވަނަ ދުވަހު އެވެ.

ރައީސް ސޯލިހް ފޮނުއްވި ލިސްޓުގެ އެންމެ ކުރީގައި ހިމަނުއްވާފައިވަނީ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމު ފުރުއްވި ޝިހާމް މުހައްމަދު ވަހީދުގެ ނަމެވެ. ދެން ހިމެނެނީ ހ. ގުރުވަ، އަހްމަދު އާހިދު ރަޝީދާއި، މ. ދާސްތާން، މަރިޔަމް އަލީމްގެ ނަމެވެ.

މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި އެ ތިން ބޭފުޅުންނާ ވެސް ވަނީ އިންޓަވިއުކޮށްފަ އެވެ. ނަމަވެސް އިންޓަވިއު އިން ފާސްވުމަށް ކޮމިޓީން ކަނޑައަޅާފައިވާ އަދަދަށް އެތަނުން އެއްްވެސް ބޭފުޅަކަށް ވޯޓު ލިބިވަޑައިގެންފައެއް ނުވެ އެވެ.

އެހެންކަމުން ރައީސް އޮފީހުން އަނެއްކާވެސް މިއަދު ވަނީ އެމަގާމަށް ކުރިމަތިލުމަށް ހުޅުވާލާފަ އެވެ. ރައީސް އޮފީހުން ބުނީ އެ މަގާމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 13 އަދި 14 ވަނަ ދުވަހު ހެނދުނު 10:30 އިން މެންދުރު 12:30 އަށް އެ އޮފީހުން ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!