އެމަޖެންސީތަކުގައި ޓްވިޓާގައި ޓެގްކުރައްވާ: ޑރ. މުހައްމަދު އަލީ

އެމަޖެންސީ ހާލަތްތަކުގައި ޓްވިޓާއިން މެސެޖުނުކުރެއްވުމަށް ފުއްމާޕޭގެ ހާއްސަ ޑޮކްޓަރު ޑރ. މުހައްމަދު އަލީ އެދިވަޑައިގެންފިއެވެ.

ޑރ. މުހައްމަދު އަލީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ބޭފުޅާއަށް އަންނަ މެސެޖުތަކަށް ޖަވާބު ނުދެވިދާނެތީ ނުވަތަ ޖަވާބު ދިނުން ލަސްވެދާނެތީ މިހާރު ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށެވެ.

އަދި މެސެޖުތަކަށް ދޭ ޖަވާބުތަކަށް ވުރެ، ޓްވިޓާގައި ޓެގްކުރުމުން އެ އަވަަހަށް ފެންނަ ކަމަށް ވެސް ޑރ. ވިދާޅުވިއެވެ.

ޑރ. ވިދާޅުވީ އެހެންކަމުން އެމަޖެންސީ ހާލަތްތަކުގައި މެސެޖުކުރުމުގެ ބަދަލުގައި އެންމެ ބޮޑަށް އެދެނީ ޓްވިޓާގައި އެ މައްސަލައެއް ޓެގްކޮށްދިނުން ކަމަށެވެ.

ޑރ. މުހައްމަދު އަލީ މިހެން ވިދާޅުވެފައިމިވަނީ އެމަޖެންސީ ހާލަތެއްގައި އެންބިއުލާންސް އައުން ލަސްވެ، ކޮވިޑް ޖެހިގެން ފަރުވާ ހޯދަމުން އައި އުމުރުން 10 އަހަރުގެ ކުޑަ ކުއްޖަކު މަރުވުމުގެ ހިތާމަވެރި ހާދިސާއެއް ހިނގާފައިވާ ދަނޑިވަޅެއްގައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!