ހޭނެތިގެން ވެއްޓުނު މީހެއް ހޮސްޕިޓަލްގައި ފަރުވާދެމުންދަނިކޮށް ނިޔާވެއްޖެ

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ސަރަހައްދަށް މުދާ ބަރުކުރުމަށް ވަދެ ހަރަކާތްތެރިވަމުންދިޔަ މީހެއް ހޭނެތިގެން ވެއްޓުމުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުންދަނިކޮށް ނިޔާވެއްޖެއެވެ.

އެމްޕީއެލް އިން މައުލޫމާތުދޭ ގޮތުގައި އެސަރަހައްދަށް މުދާ ބަރުކުރަން ވަދެފައިވާ ސޮނީ ހާރޑްވެއާގެ “ފަރުމާ”ގެ ފަޅުވެރިއެއް ހޭނެތިގެން ވެއްޓުނު ހާދިސާ މިއަދު 11:23 ގައި ވަނީ އެކުންފުންޏަށް ރިޕޯޓްކޮށްފައެވެ. އަދި ކުންފުނީގެ މެޑިކަލް ޓީމުން އެމީހާއަށް ވަގުތުން އެޓެންޑްވެ ސީޕީއާރު ދީ ހާދިސާ ރިޕޯޓްކުރެވުނުތާ ތިން މިނެޓްގެ ތެރޭގައި އެމީހާ އެމްބިއުލަންސް އަށް ލައިގެން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަަމަށް އެމްޕީއެލްގެ ތަރުޖަމާން ދާނިޝް ނިޒާމު ވިދާޅުވިއެވެ. ދާނިޝް ވިދާޅުވީ 11:26 ގައި އެމީހާ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

ނިޔާވެފައި ވަނީ ބަންގްލަދޭޝްގެ ފިރިހެނެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!