ޓިކްޓޮކްގައި އެޑިއުކޭޝަން މިނިސްޓްރީގެ ފޭކް އެކައުންޓެއް

ޓިކްޓޮކްގައި އެޑިއުކޭޝަން މިނިސްޓްރީގެ ނަމުގައި ހަދާފައިވާ އެކައުންޓަކީ ފޭކު އެކައުންޓެއް ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.

މިނިސްޓްރީން ބުނީ “އެޑިއުކޭޝަންއެމްވީ” ގެ ނަމުގައި ޓިކްޓޮކްގައި ހަރަކާތްތެރިވަނީ އެ މިނިސްޓްރީން ނޫން ކަމަށެވެ. މިނިސްޓްރީގެ ޓްވިޓާގައި އެ ޕޭޖުގެ ސްކްރީން ޝޮޓެއް ވެސް ވަނީ ހިއްސާކޮށްފަ އެވެ.

ޓިކްޓޮކްގައި އެޑިއުކޭޝަން މިނިސްޓްރީގެ ނަމުގައި ހަދާފައިވާ އެކައުންޓުން ވަނީ 1500 އަށްވުރެ ގިނަ މީހުންނަށް ފޮލޯކޮށްފަ އެވެ. އެ ޕޭޖަށް ފޮލޯކޮށްފައި ވަނީ 103 މީހުނެވެ. މިހާތަނަށް އެ އެކައުންޓުން އެއްވެސް ވީޑިއޯއެއް އަޕްލޯޑް ކޮށްފައެއް ނުވެއެވެ. އެ އެކައުންޓް ވަނީ ޕްރައިވެޓް ކޮށްފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!