ޒުވާނަކު ރަހީނުކުރި މައްސަލައިގައި ހިމެނޭ މީހުންގެ ބަންދަށް 15 ދުވަސް!

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހދ. ކުޅުދުއްފުށީގައި މީހަކު ރަހީނުކޮށް ބޮޑެތި އަނިޔާތަކެއް ދީ ޒަހަމްކޮށްލި މައްސަލައިގައި ތުހުމަތު ކުރެވޭ ދެ މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ. އެ މީހުންގެ ބަންދު މުއްދަތު ޖަހާފައި ވަނީ ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުންނެވެ.

މީހަކަށް އަނިޔާކުރި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން 24 އަހަރާއި 25 އަހަރުގެ ދިވެހި ދެ ފިރިހެނުން ހައްޔަރު ކޮށްފައި ވަނީ ހޯމަ ދުވަހުގެ ރޭގަ އެވެ. ޒަހަމްކޮށްލި މީހާ އެރުވި ކަމަށް ބެލެވޭ ކާރު ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަ އެވެ.

ޒަހަމް ކޮށްލައިފައި ވަނީ އުމުރުން 29 އަހަރުގެ ހަސަން އިބްރާހިމެވެ. އެ މާރާމާރީގައި މޫނު ނިވާ ކޮށްގެން ތިބި ބަޔަކު ވަނީ ހަސަން ހިފަހައްޓައި ކާރަކަށް އަރުވައިގެން ގެންގޮސް ބޮޑެތި އަނިޔާތަކެއް ދީފަ އެވެ. އަވަސް އަށް އެނގިފައިވާ ގޮތުގައި ހަސަން ޒަހަމްކޮށްލީ ވައްކަމުގެ ތުހުމަތުތަކަކާ ގުޅިގެން ނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!