10 އަހަރުގެ ކުއްޖާ: އެމްބިއުލެންސް ހިދުމަތް ލަސްވި މައްސަލަ ބަލަނީ

ކޮވިޑް-19 ޖެހިގެން ރޭ މަރުވި 10 އަހަރުގެ ކުއްޖާ ބަލާ އެމްބިއުލާންސް ލަހުން ދިޔަ މައްސަލައެއް ބަލަން ފަށައިފި އެވެ. ރޭ ހާލު ސީރިއަސް ވެގެން މަރުވެފައި ވަނީ ފާތިމަތު މިޝްކާ މުހައްމަދެވެ.

އައިޖީއެމްއެޗްގެ އެމާޖެންސީއަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް މިޝްކާ މަރުވެފައި ވަނީ ރޭ ދަންވަރު 12:10 ގައެވެ. ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މިޝްކާގެ ހެއެއް ނެތެވެ.

އާއިލާއިން ވަނީ ފަރުވާ ލިބުން ލަސްވި ބައެއް ސަބަބުތައް ރޭ ކިޔައިދީފަ އެވެ. އެ ގޮތުން ހޮސްޕިޓަލަށް މިޝްކާ ގެންދަން އެމްބިއުލާސް ދިއުން ލަސްވެ އެތައް ވަގުތެއް ހޭދަ ކުރަން ޖެހުނެވެ. އެމްބިއުލާންސް ގޮސްފައި ވަނީ އެކަމަށް އެދި ގުޅިތާ ދެ ގަޑިއިރަށްވުރެ ގިނައިރުވީ ފަހުން ކަމަށް އާއިލާއިން ވަނީ ބުނެފަ އެވެ.

ހެލްތު މިނިސްޓްރީން މިއަދު ބުނީ ރޭ އެމަޖެންސީ ކޯލެއް އައުމުން އެމްބިއުލާންސް ދިއުން ލަސްވި މައްސަލައެއް ބަލަމުން އަންނަ ކަމަށެވެ. އެމްބިއުލާންސްގެ ހިދުމަތަށް ވަގުތުން ބަދަލު ގެނެސް އެދެވިގެންވާ ފިޔަވަޅު އަޅައިފައި ވާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!