ޗައިނާގެ ސީނޯވެކް ކޮވިޑް ވެކްސިނަށް ޑަބްލިއުއެޗްއޯއިން ރުހުން ދީފި

ޗައިނާ އިން ކޮވިޑް-19 އާ ދެކޮޅަށް އުފެއްދި ސިނޮވެކް ވެކްސިން، ކުއްލި ހާލަތްތަކުގައި ބޭނުންކުރުމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯ އިން އިއްޔެ ހުއްދަ ދީފި އެވެ.

މިއީ ޗައިނާގެ ސިނޮފާމް ވެކްސިނަށް ފަހުގައި، ޑަބްލިޔުއެޗްއޯ އިން ހުއްދަ ދިން ޗައިނާގެ ދެ ވަނަ ވެކްސިނެވެ. ސިނޮވެކްސްއަކީ މިހާރު ވެސް ވަރަށް ގިނަ ގައުމުތަކުގައި ބޭނުންކުރަމުން އަންނަ ވެކްސިނެކެވެ. ޑަބްލިޔުއެޗްއޯ އިން ހުއްދަ ދީފައިވަނީ އުމުރުން 18 އަހަރުން މަތީގެ މީހުންނަށް ވެކްސިން ދިނުމަށެވެ. އަދި ފުރަތަމަ ޑޯޒް ޖަހާތާ ދެ ހަފުތާ އާއި ހަތަރު ހަފުތާއާ ދެމެދުގެ މުއްދަތެއްގައި ދެ ވަނަ ޑޯޒް ޖެހުމަށެވެ.

ޑަބްލިޔުއެޗްއޯ އިން ބުނި ގޮތުގައި ކުއްލި ހާލަތުގައި ބޭނުންކުރަން ހުއްދަ ދިނުމުގެ މާނައަކީ، އެ ވެކްސިންގެ ރައްކާތެރިކަމާއި، އެ ވެކްސިން އިންސާނުންގެ ހަށިގަނޑުގައި މަސައްކަތްކުރާ ގޮތާއި، އަދި އުފައްދާފައި ހުރި ގޮތްވެސް ބައިނަލްއަގްވާމީ މިންގަނޑަށް ފެތުމެވެ.

ސިނޮވެކްސް އަށް ޑަބްލިޔޫއެޗްއޯ އިން ހުއްދަ ދިނުމުން، ކޮވެކްސް ޕްރޮގްރާމަށް ވަރަށް ބޮޑު ދިރުމެއް ލިބޭނެ އެވެ. ކޮވެކްސް ޕްރޮގްރާމަކީ، ދުނިޔޭގެ ހުރިހާ ގައުމުތަކަށް ހަމަހަމަ ގޮތެއްގައި ކޮވިޑް ވެކްސިން ލިބޭނެ ގޮތް ހެދުމަށްޓަކައި، ޑަބްލިޔޫއެޗްއޯ އާއި ގްލޯބަލް ވެކްސިން އެލަޔަންސް (ގާވި) އާއި އިތުރު އެހެން ބައެއް ޖަމިއްޔާތައް ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!