މިދިޔަމަހު ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 29 އިންސައްތަ ދަށަށް!

ނިމުނު މޭމަހު ރާއްޖެއަށް ޒިޔާރަތްކޮށްފައި ވަނީ 64613 ފަތުރުވެރިންކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.

މޭމަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަކީ 2019 ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި 103022 ފަތުރުވެރިންނާއި އަޅާ ބަލާއިރު 37.3 އިންސައްތަ ދަށް އަދަދެކެވެ. އަދި މިއީ މިދިޔަ އޭޕްރީލްމަހު ރާއްޖެ ޒިޔާރަތްކުރި 91200 ފަތުރުވެރިންނާ އަޅާބަލާއިރު 29.15 އިންސައްތަ ދަށް އަދަދެކެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަށް ދައްކާގޮތުން މިއަހަރުގެ ފުރަތަމަ 5 މަސް ދުވަސްތެރޭ ރާއްޖެއަށް ވަނީ 454383 ފަތުރުވެރިން އައިިސްފައެވެ.

ފާއިތުވި 5 މަސް ދުވަހު ރާއްޖެއަށް ފަތުރުވެރިން އައިސްފައިވާ އަދަދުތަކަށް ބަލާއިރު، މިއަހަރުގެ ޖެނުއަރީމަހު ރާއްޖެއަށް އައިސްފައިވަނީ 92103 ފަތުރުވެރިންނެވެ. ފެބްރުއަރީމަހު 96882 ފަތުރުވެރިން އައިސްފައިވާއިރު މަރޗުމަހު 109585 ފަތުރުވެރިން އަދި އޭޕްރީލްމަހު ރާއްޖެއަށް 91200 ފަތުރުވެރިން ވަނީ އައިސްފައެވެ. އަދި މި ނިމުނު މޭމަހު ރާއްޖެއަށް އައިސްފައިމިވަނީ 64613 ފަތުރުވެރިންނެވެ.

މަހުން މަހަށް ބަލާއިރުވެސް، އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ މަދުން ފަތުރުވެރިން އައިސްފައި ވަނީ މޭމަހުގެއެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!