މި ފޮޓޯ ޙަބަރާއި ގުޅުމެއްނެތް

އަހަރު ނުވާ 381 ކުއްޖަކަށް މިދިޔަ މަހު ކޮވިޑް ޖެހުނު

މިދިޔަ މަހު އަހަރު ނުވާ 381 ކުއްޖަކަށް ކޮވިޑް-19 ޖެހުނު ކަމަށް ހެލްތް ޕްްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

ކޮވިޑް-19 އިގެ ބަލިމަޑުކަމުގައި ދިވެހިން 14 މަސް ދުވަސް ހޭދަ ކޮށްފައިވާއިރު އިއްޔެ ނިމިގެން ދިޔަ މި އަހަރުގެ މޭ މަހަކީ މި ބަލިމަޑުކަމުގެ އެންމެ ނުރައްކާތެރި މަހެވެ. މަދު ދުވަހެއްގައި ނޫނީ ކޮންމެ ދުވަހަކު ޕޮޒިޓިވްވާ މީހުންގެ ނިސްބަތް ހުރީ ހާހުން މަތީގަ އެވެ.

އެޗްޕީއޭއިން ބުނީ މެއި މަހު 381 ކުއްޖަކަށް ކޮވިޑް ޖެހިފައިވާ ކަަމަށާ ކޮވިޑުން އެ ކުދިން ރައްކާތެރިވުމަށް ހާއްސަ ސަމާލު ކަމެއް ދިނުމަށް ބެލެނިވެރިންނަށް އިލްތިމާސް ކުރާ ކަމަށެވެ.

މިދިއަ އޭޕްރީލް މަހާއި ހަމައަށް ކޮވިޑްގައި ހޭދަވި 13 މަސް ދުވަހުގެ ތެރޭގައި ރާއްޖެއިން މަރުވީ 73 މީހެކެވެ. ނަމަވެސް މޭ މަސް ނިމުނުއިރު ކޮވިޑް މަރުގެ ނަންބަރު ވަނީ 161 އަށް އަރާފަ އެވެ. އޭގެ މާނައަކީ މޭ މަހު އެކަނި ވެސް 88 މީހަކު އެ ބަލީގައި މަރުވެފައި ވެ އެވެ.

އޭޕްރީލް މަސް ނިމުމުނުއިރު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި ޖުމްލަ މީހުންގެ އަދަދަކީ 29،835 އެވެ. ނަމަވެސް 31 ދުވަހަށް ފަހު މެއި މަސް ނިމުމުއިރު އެ ނަންބަރު ވަނީ ދެ ގުނަ ވެފަ އެވެ. އިއްޔެގެ ނިޔަލަށް ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 64،396 އަށް އަރާފައެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!