އިސްލާމްދީނަށް ފުރައްސާކުރުމާއި ދީނާ ޚިލާފު ވާހަކަ ދެއްކުމަކީވެސް ޖިނާޢީ ކުށަކަށް ހަދަނީ

އިސްލާމްދީނަށް ފުރައްސާރަކުރުމުގެ ކުށް އިތުރަށް ތަފްސީލުކޮށް ގާނޫނުލް އުގޫބާތު އިސްލާހު ކުރުމަށްޓަކައި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅަން ނިންމައިފި އެވެ.

މުސްލިމަކާ ދިމާލަށް ކާފިރެކޭ ބުނުމަކީ ކުށެއްގެ ގޮތުގައި ހެދުމަށް ގާނޫނުލް އުގޫބާތަށް އިސްލާހު ގެންނަން ސަރުކާރުން މަޖިލީހަށް ކުރިން އޮތީ ހުށަހަޅައިފަ އެވެ. އެ ބިލަކީ އިސްލާމްދީނަށް ފުރައްސާރަކުރާ މީހުން ހިމާޔަތްކުރާ ބިލެއް ކަމަށް ބުނެ ގިނަ ފާޑުކިޔުންތަކެއް އެ ދަނީ އަމާޒުވަމުންނެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގަ ބުނީ ގާނޫނުލް އުގޫބާތަށް އިތުރު އިސްލާހެއް ގެނައުމުގެ ބިލެއް މަޖިލީހަށް ފޮނުވުމަށްޓަކައި ރައީސް އޮފީހަށް ފޮނުވާފައިވާނެ ކަމަށެވެ. އެ ބިލަކީ އިސްލާމްދީނާ ދެކޮޅު އަމަލުތައް އިތުރަށް ތަފްސީލުކޮށް އިސްލާމްދީނަށް ފުރައްސާރަކުރުމުގެ ކުށް އިތުރަށް ސާފުކޮށް ބަޔާންކުރާނެ ބިލެއް ކަމަށް އެ ބަޔާނުގައިވެ އެވެ.

އެގޮތުން މުއާސަލާތީ ވަސީލަތެއް ބޭނުންކޮށްގެން ނުވަތަ އެ ނޫން ގޮތަކަށް ވެސް އިސްލާމްދީނަށް ފުރައްސާރަ ކުރާ ފަދަ ބަހެއް ނުވަތަ އަމަލެއް ކުރުމަކީ ކުށެއް ކަމަށް ބަޔާންކުރަން އެ ބިލުގައި ހިމަނާފައިވާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!