އީސަގެ މައްޗަށް ދައުވާކުރަން ފޮނުވައިފި

ކެނދިކޮޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސާ އޭނާގެ ކުރީގެ އަންހެނުން އަސްރާ ނަސީމަށް ގެވެށި އަނިޔާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގު ނިންމާ ދައުވާ ކޮށް ދިނުމަށް އެދި އެ މައްސަލަ ޕްރޮސެކިއުޓަރު ޖެނަރަލް (ޕީޖީ) ގެ އޮފީހަށް ފޮނުވައިފި އެވެ.

އީސާގެ މައްޗަށް ދައުވާކުރަން ފޮނުވަން ނިންމިއިރު އެ މައްސަލަ ކުރިއަށް ނުގެންދަން އަސްރާ އޮތީ އެދިފަ އެވެ.

ފުލުހުންގެ މީޑއާ އޮފިޝަލް ވިދާޅުވީ އެ މައްސަަލައިގެ ތަހުގީގު ނިންމާ ދައުވާ ކޮށް ދިނުމަށް އެދި ޕީޖީއަށް ފޮނުވާފަައިވާ ކަމަށެވެ.

މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ރޭ ގެވެށި އަނިޔާގެ އަމަލެއް ހިންގި ކަމަށް ބުނެ އަސްރާ ވަނީ ފުލުހުންނަށް ބަޔާނެއް ދީފަ އެވެ. އަނިޔާތަކާ ގުޅިގެން އަސްރާ އަށް ވަނީ އައިޖީއެމްއެޗްގައި ފަރުވާ ވެސް ދީފަ އެވެ.

އެނގިފައިވާ ގޮތުގައި އީސަ އަނިޔާކުރި ކަމަށް ބުނާ މަންޒަރު ފެނިގެން ފުލުހުންނަށް ރިޕޯޓް ކުރީ އަސްރާ އާއި އީސަ ދިރިއުޅުނު ގޭގެ އެހެން ފްލޯއެއްގައި އުޅުނު ބަޔެކެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!