ދިރާގު ކަސްޓަމަރުންނަށް ހިލޭ ޑޭޓާ

މި ދުވަސްވަރު ގޭގައި ތިބުމަށް ބާރު އެޅުމުގެ ގޮތުން ދިރާގުން އެ ކުންފުނީގެ ކަސްޓަމަރުންނަށް ހިލޭ އިތުރު ޑޭޓާ ދޭން ފަށައިފި އެވެ.

ދިރާގުން ބުނީ މި އޮފާތައް ތައާރަފުކުރީ ކޮވިޑް-19 ގެ ސަބަބުން ދިރިއުޅުމަށް ގެންނަން ޖެހިފައިވާ ބަދަލުތަކާ އެކު ޑިޖިޓަލް ހިދުމަތްތަކަށް އިތުރަށް ބަރޯސާވާން ޖެހިފައިވާތީ ކަމަށެވެ. އެގޮތުން، މިދިޔަ އަހަރެކޭ އެއްގޮތަށް، ގޭގައި މަސައްކަތް ކުރުމާއި އޮންލައިން ކްލާސްތައް ނަގަން އަނެއްކާ ވެސް ހަމަޖެހިފައިވާއިރު މި އޮފާތަކާ އެކު އިންޓަނެޓް ބޭނުންކުރުމަށް އިތުރު ލުއިފަސޭހަތަކެއް ވާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ފިކްސްޑް ބްރޯޑް ބޭންޑް އަދި މޯބައިލް ކަސްޓަމަރުންނަށް ދޭ އިތުރު ޑޭޓާ

– ފިކްސްޑް ބްރޯޑް ބޭންޑް ކަސްޓަމަރުންނަށް 30 ޕަސެންޓް އިތުރު ޑޭޓާ.

– ޕޯސްޓްޕެއިޑް އަދި އަމިއްލަ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް 25 ޕަސެންޓާއި 200 ޕަސެންޓާ ދެމެދުގެ އިތުރު ޑޭޓާ.

– ޕޯސްޓްޕެއިޑް “ވަގުތުން ގެއަށް އިންޓަނެޓް” ކަސްޓަމަރުންނަށް 30 ޕަސެންޓް އިތުރު އެލަވެންސް.

– ޕޯސްޓްޕެއިޑް ޑޭޓާ ސިމް ގެންގުޅޭ ކަސްޓަމަރުންނަށް 30 ޕަސެންޓު އިތުރު ޑޭޓާ.

ބޫސްޓާ، އެޑްއޮން އަދި ބަންޑަލްތަކުން ދޭ އިތުރު ޑޭޓާ

– ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުން އެކްޓިވޭޓް ކުރާ ކޮންމެ ބޫސްޓަރަކުން ދެ ގުނަ އިތުރު ޑޭޓާ.

– މޯބައިލް ޕޯސްޓްޕެއިޑް ކަސްޓަމަރުން އެކްޓިވޭޓް ކުރާ ކޮންމެ ބޫސްޓަރަކުން ދެ ގުނަ އިތުރު ޑޭޓާ.

– ޕްރީޕެއިޑް ކަސްޓަމަރުންނަށް ކޮމްބޯ ޕްލޭންތަކުން 50 ޕަސެންޓް އިތުރު އެލަވެންސް އާއި މިނީ ޑޭޓާ އެޑްއޮންތަކުން 200 ޕަސެންޓް އިތުރު ޑޭޓާ.

– ޕްރީޕެއިޑް “ވަގުތުން ގެއަށް އިންޓަނެޓް” ކަސްޓަމަރުން އެކްޓިވޭޓް ކުރާ ޕެކޭޖްތަކުން 30 ޕަސެންޓް އިތުރު ޑޭޓާ.

– “ވަގުތުން ގެއަށް އިންޓަނެޓް” ބޫސްޓާ އެކްޓިވޭޓް ކުރުމުން 100 ޕަސެންޓް އިތުރު އެލަވެންސް.

– ޕްރީޕެއިޑް ޑޭޓާ ސިމްތަކުން އެކްޓިވޭޓް ކުރާ ޑޭޓާ އެޑްއޮންތަކުން 30 ޕަސެންޓް އިތުރު ޑޭޓާ.

– ޑޭޓާ ސިމްތަކުން އެކްޓިވޭޓް ކުރާ ބޫސްޓާތަކުން 100 ޕަސެންޓް އިތުރު އެލަވެންސް.

ދިރާގުގެ ޑޭޓާގެ ހިދުމަތަށް ބޮޑެތި ބަދަލުތަކެއް ގެނެސްދީފައި މިވަނީ ރާއްޖޭގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުން ދާތީ ގިނަ ބަޔަކު ގޭގައި ތިބެން ޖެހިފައި ވާތީ ކަމަށް ދިރާގުން ބުނެ އެވެ.

މި އޮފާތައް މި މަހުގެ ނިޔަލަށް ކަސްޓަމަރުންނަށް ލިބޭނެ ކަމަށް ދިރާގުން ބުންޏެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!