74 ރަށެއް މޮނިޓަރިންގަ

ރާއްޖޭގައި ކޮވިޑްގެ ހާލަތު ވަނީ އިންތިހާއަށް ގޯސްވެފަ އެވެ. މާލޭ ސަރަހައްދުންނާއި އަތޮޅުތެރެއިން ކޮންމެ ދުވަހަކު ފެންނަ ކޭސްތަކުގެ އަދަދު އަދިވެސް އުޅެނީ 500 އިން މަތީގަ އެވެ. އަދަދުތަށް އަދިވެސް ކޮންޓްރޯލް ކުރެވިފައި ނުވާ އިރު، މޮނީޓަރިންގެ ހާލަތުގައި ހުރި ރަށްރަށުގެ އަދަދުވެސް މިހާރު ވަނީ 74 އަށް އަރާފައެވެ.

ރާއްޖޭގެ 185 މީހުން ދިރިއުޅެމުން ދާއިރުގައި 74 ރަށަކަށް ވަނީ އަރާ ފޭބުން މަނާކޮށްފަ އެވެ. އެގޮތުން އެންމެ ގިނަ ދުވަސްވަންދެން މޮނީޓަރިންގެ ހާލަތުގައި އޮތީ ޅ ނައިފަރެވެ. އެއީ މާޗް މަހު 23 އިން ފެށިގެންނެވެ.   

ނައިފަރުން 800 އަށް ވުރެ ގިނަ މީހުނަށް މިހާތަނަށް ކޮވިޑް ޖެހިފައި ވާއިރުގައި އެރަށުގެ ހާލަތު މަޑުމަޑުން ހަމަޔަކަށް އެޅެމުން އަންނަ ކަމަށް ނައިފަރު ހޮސްޕިޓަލުން ސީއެންއެމް އަށް މައުލޫމާތު ދިނެވެ.

އޭޕްރީލް މަހު މޮނީޓަރިން ގެ ހާލަތަށް ގެނެވިފައި ވަނީ 13 ރަށެކެވެ. އެއީ އދ. މާމިގިލި، ތ. ވޭމަންޑޫ، ތ. މަޑިފުށި، ބ. އޭދަފުށި، ކ. ހިންމަފުށި، ކ. މާފުށި، ލ. މާންދޫ، ލ. ގަން، ލ. ފޮނަދޫ، ގދ. ތިނަދޫ، އއ. އުކުޅަސް، ކ. ތުލުސްދޫ، ލ. ދަނބިދޫ އަދި އއ. ރަސްދޫ އެވެ.  

މިހާތަނަށް އެންމެ ގިނަ ރަށްތައް މޮނިޓަރިންގެ ހާލަތަށް ލާފައިވާ  މަހަކީ މޭ މަހެވެ. މޭ މަހުގައި ވަނީ 60 ރަށަކަށް އަރާފޭބުން މަނާކޮށްފަ އެވެ.

އެއީ އައްޑޫ ސިޓީގެ ހުރިހާރަށެއްގެ އިތުރުން ހއ. ދިއްދޫ، ފ. ފީއަލި، އއ. ހިމަންދޫ، ކ. ގުރައިދޫ، ފ. ނިލަންދޫ، ލ. އިސްދޫ، އދ. ފެންފުށި، ލ. މާވަށް، ފުވައްމުލަކު ސިޓީ، ނ. ވެލިދޫ، ށ. ފުނަދޫ، ށ. ޅައިމަގު، ރ. ހުޅުދުއްފާރު، ގދ. ގައްދޫ، ބ. ތުޅާދޫ، ވ. ފުލިދޫ، އދ. މަހިބަދޫ، ރ. މަޑުއްވަރި، އއ. ފެރިދޫ، ކުޅުދުއްފުށި ސިޓީ، ށ. ކަނޑިތީމު، ށ. ގޮއިދޫ، ކ. ކާށިދޫ، ހދ. ކުޑަހުވަދޫ، ގއ. ދާންދޫ، ޅ. ހިންނަވަރު، ގއ. ގެމަނަފުށި، ދ.ބަޑިދޫ، ނ.ކެދިކުޅަދޫ، ތ.ގުރައިދޫ، ދ.ހުޅުދެލި އަދި ވ.ކެޔޮދޫ، ތ.ތިމަރަފުށި، ގއ.ވިލިންގިލި، ލ. ކަލައިދޫ، އއ.ބޮޑުފުޅަދޫ، ނ.މާޅެންދޫ، ދ.މާއެނބޫދޫ، ކ.ދިށްފުށި، ދ.ވާދޫ، ލ.މާމެންދޫ، ގދ.ވާދޫ، ބ.ދަރަވަންދޫ އަދި ހއ.މުރައިދޫ، ރ.އުނގޫފާރު، ކ.ގާފަރު، ލ.ލަންދޫ، ފ.ބިލައިދޫ، ޅ.އޮޅުވެލިފުށި، ށ.މިލަންދޫ، މ.މުލި، ތ.ހިރިލަންދޫ، ރ.ރަސްމާދޫ، ތ.ކިބިދޫ، މ.މުލަށް، ލ.ހިތަދޫ، ތ.ބުރުނި، ހދ،ނޭކުރަންދޫ، ރ.އަލިފުށި، އަދި އޮމަދޫ، އއ.ތޮއްޑޫ، ރ.ދުއާފަރު، މ.ވޭވަށް އަދި ކ.ހުރާ،، ނ.ވެލިދޫ، ބ.ކެންދޫ، ގދ.ފަރެސްމާތޮޑާ އަދި ރ. އުނގޫފާރެވެ. 

ރާއްޖޭގެ އެކި ކަންކޮޅުތަކަށް ނަޒަރު ހިންގާލުމުން ފެނިގެންދާ މަންޒަރަކީ ކޮވިޑްގެ ވަކިތަކުގެ ތެރޭގައި ގިނަ ރައްޔިތުން މިއަދު ތިބި މަންޒަރެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!