ކޮވިޑްގައި މިއަދުގެ ފަސް ވަނަ މީހަކު ނިޔާވެއްޖެ

ކޮވިޑް-19 ގައި ރާއްޖެއިން ފަސް ވަނަ މީހަކު ނިޔާވެއްޖެއެވެ.

ކޮވިޑް ޖެހިގެން މަރުވެފައި ވަނީ އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދިޔަ މީހެކެވެ. އެއީ އުމުރުން 88 އަހަރުގެ ދިވެހި އަންހެނެކެވެ.

އެޗްއެމްއެފްއިން ފަރުވާ ދެމުން ދަނިކޮށް މިއަދު 3 މީހުން މަރުވެފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ އުމުރުން 70 އަހަރުގެ ފިރިހެނަކާއި، 59 އަހަރުގެ އަންހެނަކާއި 50 އަހަރުގެ ފިރިހެނެކެވެ.

އޭގެ އިތުރުން މިއަދު އޭދަފުށީ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށް 87 އަހަރުގެ ދިވެހި ފިރިހެނެއް ވެސް ވަނީ މަރުވެފައެވެ.

މިއާއެކު ރާއްޖެއިން މަރުވި މީހުންގެ އަދަދު ވަނީ 166 އަށް އަރާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!