އަނަސް ބަރ ކައުންސިލުން އިސްތިއުފާ ދެއްވައިފި

އަނަސް އަބްދުއްސައްތާރު ބަރ ކައުންސިލްގެ އެކްސެކިއުޓިވް ކޮމިޓީން އިސްތިއުފާ ދެއްވައިފިއެވެ.

ބާ ކައުންސިލުން މިއަދު ކުރި ޓްވީޓެއްގައި ވިދާޅުވި ގޮތުގައި، އަނަސް އިސްތިއުފާ ދެއްވީ މިއަދުގެ ވަގުތެއްގައެވެ. ބާ ކައުންސިލްގެ އެކްސްކޯގައި އަނަސް ކޮށްދެއްވި ޚިދުމަތްތަކަށް ބާ ކައުންސިލުން ވަނީ ޝުކުރު އަދާ ކުރައްވައިފައެވެ.

އަނަސް ބާ ކައުންސިލުން އިސްތިއުފާ ދެއްވާފައިވާއިރު، މިދިޔަ އޭޕްރީލް މަހުގައި ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި މޭޔަރުގެ ކަމަށް ޕީޕީއެމްގެ ޑރ.މުހައްމަދު މުޢިއްޒުއާއި ވާދަކޮށް ވަނީ ނާކާމިޔާބުވެފައެވެ.

Written by

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!