ކޯވިޑް-19 :11މީހުން ވެންޓިލޭޓަރުގައި

ރާއްޖޭގައި މިވަގުތު ވެންޓިލޭޓަރުގައި 11 މީހަކަށް ފަރުވާ ދެމުން އަންނަ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީއިން ހާމަކުރައްވާގޮތުގައި މެއި މަހުގެ 29ވަނަ ދުވަހުގެ އިރުއޮއްސި 06:00އިންފެށިގެން 30ވަނަ ދުވަހުގެ އިރުއޮއްސި 06:00އާ ހަމައަށް ކޯވިޑްގެ ބަލީގައި 218 މީހުންނަށް ފަރުވާދެމުން އައީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ. މީގެތެރެއިން 138 މީހުންނަށް ފަރުވާދެމުން އަންނީ ހުޅުމާލޭގައި ހުންނަ ކޯވިޑް މެޑިކަލް ފެސިލިޓީގައެވެ. އެފެސިލިޓީގައި 128 މީހުންނަށް ވޯޑުގައި ފަރުވާދެމުން އަންނައިރު، 10 މީހުންނަށް ފަރުވާދެނީ އައިސީޔޫގައެވެ. އެޗްއީއޯސީން ވިދާޅުވީ އައިސީޔޫގައި ފަރުވާދޭ 10 މީހުންގެ ތެރެއިން 4 މީހަކަށް މިހާރު ފަރުވާދެމުން އަންނަނީ ވެންޓިލޭޓަރުގެ އެހީގައިކަމަށެވެ.

ދަރުމަވަންތަ ހޮސްޕިޓަލްގެ 11ވަނަ ފަންގިފިލާގައި ކޯވިޑް ބަލިމީހުންނަށް ޚާއްސަކޮށްފައިވާ އައިސީޔޫގައި 8މީހަކަށް އަންނަނީ ފަރުވާދެމުންނެވެ. މީގެތެރެއިން 7މީހުންނަށް ފަރުވާދެނީ ވެންޓިލޭޓަރުގެ އެހީގައެވެ. މިވަގުތު ވެންޓިލޭޓަރުގެ އެހީގައި ޖުމްލަ 11މީހުންނަށް އަންނަނީ ފަރުވާދެމުންނެވެ. އައިސީޔޫގައި އެޑްމިޓްކޮށްފައިވާ 18މީހުންގެ ނިސްބަތުން ބަލާއިރު %60 މީހުނަށް ފަރުވާދެމުންދަނީ ވެންޓިލޭޓަރުގައެވެ. އެއީ 11 މީހުންނެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!