އެކްސިޑެންޓްގައި ފިލި މީހާ ހައްޔަރުކޮށްފި

މި މަހުގެ 26ވަނަ ދުވަހު މާލޭގައި ހިނގި އެކްސިޑެންޓުވުމުން އެ ސަރަހައްދުގައި މަޑު ނުކޮށް ފިލި މީހާ ހައްޔަރުކޮށްފިއެވެ.

ހުވަފެނީ ގޯޅީގައި ބާއްވާފައި އޮތް ގާޑިއަލެއްގައި ދުއްވާފައި ދިޔަ ސައިކަލެއް ޖެހި އެކްސިޑެންޓްވީ އެ ރޭ 10:00 ހާއިރު އެވެ. އެ އެކްސިޑެންޓުގައި ސައިކަލު ފަހަތުގައި އިން މީހާ އަށް އަނިޔާވެ، އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް ވަނީ މަރުވެފަ އެވެ. އެކްސިޑެންޓުވުމަށް ފަހު ސައިކަލު ދުއްވަން އިން މީހާ އެތަނުގައި މަޑުނުކޮށް ދުއްވާފައި ގޮސް ފިލީއެވެ.

ފުލުހުން މިއަދު ބުނީ އެކްސިޑެންޓުވުމުން މަޑު ނުކޮށް ފިލި މީހާ އިއްޔެ ހަވީރު 17:00 ހާއިރު ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެއީ 26 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!