ޑެޕިއުޓީ މޭޔަރުންނާއި ނައިބް ރައީސުން މިމަހު 20ގެ ކުރިން ހޮވަން އަންގައިފި

އަލައަށް ހުވާ ކުރެއްވި މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު މިމަހުގެ20 ވަނަ ދުވަހުގެ ކުރިން ހޮވުމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން އަންގައިފި އެވެ.

އާއްމުގޮތެއްގައި ކައުންސިލަރުން ހުވާ ކޮށްފައި ފުރަތަމަ ބާއްވާ ބައްދަލުވުމުގައި ޑެޕިއުޓީ މޭޔަރުންނާއި ރަށު ކައުންސިލްގެ ނައިބުން އިންތިހާބު ކުރެ އެވެ. ނަމަވެސް ނައިބު ރައީސުން ނުހޮވި ވަނީ ކޯވިޑް-19 އާއި ގުޅިގެން މެމްބަރުން ކަރަންޓީން ގައި ތިބުމާއި ބައެއް ރަށްތައް މޮނިޓަރިންގެ ހާލަތުގައި އޮތުމުންނެވެ. 

އެލްޖީއިން ބުނީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ނުވަތަ ކައުންސިލްގެ ނާއިބު ރައީސުން ކަނޑަނޭޅޭ ކައުންސިލްތަކުން މި މަހުގެ 20ވަނަ ދުވަހުގެ ކުރިން އެކަން ކޮށް ނިންމަން ވާނެ ކަމަށެވެ.

މާލޭގެ ޑެޕިއުޓީ މޭޔަރު ކަމަށް ތިން ބޭފުޅަކު ޝައުގުވެރިކަން ވަނީ ފާޅު ކުރައްވާފައެވެ. އެއީ ހުޅުމާލޭ ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު އާއި ވިލިމާލޭ ދާއިރާގެ މެމްބަރު ނަހުލާ އަލީ އަދި މާފަންނު މެދު ދާއިރާގެ މެމްބަރު އަހުމަދު ނަރީޝްއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!