ރަހީނުކޮށްގެން ގެންދިޔަ ކާރާއެކު ދެ މީހަކު ފުލުހުން ހައްޔަރުކޮށްފި

ހދ. ކުޅުއްދުއްފުށީގައި މީހަކު ރަހީނުކޮށް، އަނިޔާކުރި މައްސަލައިގައި 2 މީހަކު ހައްޔަރުކޮށްފިއެވެ.

ކުޅުދުއްފުށީގައި މޫނު ނިވާކޮށްގެން ތިބި ބަޔަކު 29 އަހަރުގެ ދިވެހި ފިރިހެނަކު ކާރަކަށް އަރުވައިގެން ގެންގޮސް އަނިޔާކޮށްފައިވާކަމުގެ ރިޕޯޓު އެރޭގެ 20:48 އެހާއިރު ފުލުހުންނަށް ލިބިފައިވާކަމަށް ބުނެފައިވެއެވެ.

ފުލުހުން ބުނީ މީހަކު ރަހީނުކޮށް އަނިޔާކުރި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން 24 އަހަރާއި 25 އަހަރުގެ ދިވެހި ދެ ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށެވެ.

އެމީހާ ރަހީނުކޮށްގެން ގެންދިޔަ ކަމަށް ބެލެވޭ ކާރު ވެސް ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!