ފްލައިން ސްކޫލެއް ހިންގާނެ ބަޔަކު ހޯދަނީ

އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް (އޭއޭއޭ) އައްޑޫގައި ހިންގާ ފްލައިން ސްކޫލްގައި ކޯސް ނުނިންމި ގިނަ ދަރިވަރުންތަކެއް ތާށިވެފައިވާ މައްސަލަ ބޮޑުވެފައިވަނިކޮށް، އެފަދަ ސްކޫލެއް ރާއްޖޭގައި ގާއިމުކުރަން ގައުމީ އެއާލައިން އޮޕަރޭޓުކުރާ އައިލެންޑް އޭވިއޭޝަނުން އިސްނަގައި، އެތަން ހިންގާނެ ބަޔަކު ހޯދަން އިއުލާނުކޮށްފި އެވެ.

އައިއޭއެސް އިން ކުރި އިއުލާނެއްގައި ވަނީ ރާއްޖޭގައި ފްލައިން ސްކޫލެއް ހިންގުމުގެ މާލީ ގާބިލުކަން ހުރި ފަރާތްތަކަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ.

ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކަކީ، މީގެ ކުރިން ފްލައިން ސްކޫލު ހިންގުމުގެ ތަޖުރިބާ ލިބިފައިވާ ބަޔަކަށް ވާންެޖެހޭނެ ކަމަށާއި އެގޮތުން، ފްލައިން ސްކޫލު ހިންގުމަށް ކުރިމަތިލާ ކުންފުނީގެ އަމިއްލަ ގައުމުގެ އިތުރުން އިތުރު ދެ ގައުމުގައި ފްލައިން ސްކޫލު ހިންގުމުގެ މަސައްކަތް ކޮށްފައި އޮންނަން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ.

ރާއްޖޭގައި ފްލައިން ސްކޫލު ހިންގުމަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތައް އިވެލުއޭޓު ކުރާނީ ސްކޫލު މެނޭޖު ކުރުމުގެ ގާބިލުކަން ހުރިވަރާއި މާލީ ގާބިލުކަމަށް ބަލައިގެން ކަމަށް އައިއޭއެސްގެ އިއުލާނުގައިވެ އެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!