އޭދަފުށީ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ މީހެއް ނިޔާވެއްޖެ

ބ. އޭދަފުށީ ކޮވިޑު ފެސިލިޓީގައި ފަރުވާ ދެމުންދިޔަ މީހަކު މަރުވެއްޖެއެވެ.

ބ. އަތޮޅު ހޮސްޕިޓަލުން ބުނީ އެހޮސްޕިޓަލުގައި ގާއިމްކޮށްފައިވާ ޒޯން B ރީޖަނަލް ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ ރ. ހުޅުދުއްފާރަށް ނިސްބަތްވާ 87 އަހަރުގެ ދިވެހި ފިރިހެނެނަކު މަރުވެފައިވާ ކަމަށެވެ. އެމީހާ މަރުވެފައިވަނީ މިއަދު ފަތިހު 04:40 ގައި ކަމަށް އެހޮސްޕިޓަލުން ވަނީ ބުނެފައެވެ.

މިދިޔަ މެއި މަހަކީ ކޮވިޑްގައި ރާއްޖެއިން ހޭދަކުރި އެންމެ ހާލަތު ގޯސް މަހެވެ. އެ މަހު އެކަނި 88 މީހަކު ވަނީ މަރުވެފައި ވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!