ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި ދިވެއްސަކު ހައްޔަރުކޮށްފި

ބިދޭސީ އަންހެނަކަށް މަގުމަތިން ޖިންސީ ގޯނާކުރި ދިވެއްސަކު މިއަދު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މަލޭ މަގުމަތީގައި އަންހެނަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ ފިރިހެނަކު މިއަދު 15:45 ހާއިރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ލޮނުޒިޔާރަތް މަގުންނެވެ.

މި މައްސަލަ ދަނީ ފުލުހުން ތަޙްޤީޤްކުރަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!