ފިޔަވަޅުތަކާ ޚިލާފުވި 913 މިހަކު ޖޫރިމަނާކޮށްފި

ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާއި ހިލާފުވެގެން މިދިޔަ ސައުވީސް ގަޑިއިރުގެ ތެރޭގައި 913 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށް ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިން ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، ހޮނިހިރު ދުވަހުގެ އިރުއޮއްސި 6:00 އިން ރޭގެ 6:00 އާ ދެމެދު މާސްކު ނާޅާ އުޅުމުގެ ސަބަބުން 208 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.

ކާފިއު ވަގުތުގައި ހުއްދަނެތި މަގުމަތީގައި އުޅުމުގެ ސަބަބުން 631 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށާއި، ކެފޭ، ޖިމް އަދި ފިހާރަތަކުގެ ތެރެއިން ފިޔަވަޅުތަކާ ޚިލާފުވި 74 ތަނެއް ޖޫރިމަނާ ކޮށްފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ. މީގެތެރޭގައި ތަންތަނާއި، އެ ތަންތަނުން ޚިދުމަތް ހޯދަން ދިޔަ މީހުންވެސް ހިމެނޭ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މަބުރޫކް އަޒީޒު ވިދާޅުވީ އެންމެންގެ ރައްކާތެރިކަމަށްޓަކައި އަޅާފައިވާ ފިޔަވަޅުތަކަށް ތަބާނުވާ ބަޔަކު އެބަ ތިބި ކަމަށާ އެއީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަަމަށެވެ. ފިޔަވަޅުތަކުގެ ސަބަބުން އާންމު ދިރިއުޅުމަށް ބުރޫއަރާފައިވާއިރު ފިޔަވަޅުތަކަށް ތަބާނުވާ މީހުން ގިނަވެއްޖެނަމަ މި ހާލަތުގައި އުޅެން ޖެހޭ ދުވަސްތައް އިތުރުވާނެ ކަމަށެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!