ކޮވިޑްގައި މިއަދުގެ ދެވަނަ މަރު، އަދަދު 160 އަށް

ކޮވިޑް19 އަށް ފަރުވާ ހޯދަމުން ދިޔަ އިތުރު މީހަކު މަރުވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން މަޢުލޫމާތު ދެއްވި ގޮތުގައި މިއަދު ހަވީރު 3.39 ހާއިރު ނިޔާވެފައިވަނީ އުމުރުން 62 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިމީހާއަކީ ދަރުމަވަންތަ ހޮސްޕިޓަލްގެ 11ވަނަ ފަންގިފިލާގެ އައިސީޔޫގައި ފަރުވާދެމުން ދިޔަ މީހެކެވެ. މިއީ ރާއްޖެއިން މިބަލީގައި މިއަދު ނިޔާވި ދެވަނަ މީހާއެވެ.

ކޯވިޑް ބަލީގައި މިއަދު ހެނދުނު ނިޔާވެފައިވަނީ ހުޅުމާލެ ކޯވިޑް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ 83 އަހަރުގެ ދިވެހި އަންހެނެކެވެ.

މިބަލީގައި މިއަދު ނިޔާވި ދެ މީހުންނާއެކު މިހާތަނަށް ރާއްޖެއިން 160 މީހަކުވަނީ މިބަލީގައި ދުނިޔެ ދޫކޮށްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!