ހުދު ސަމާލުގެ މުއްދަތު އިތުރުކޮށްފި

މިހާރު ކުރަމުންދާ ވިއްސާރައިގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ރާއްޖޭގެ ހުރިހާ ހިސާބެއް ހިމެނޭ ގޮތަށްނެރުނު ހުދު ސަމާލުގެ މުއްދަތު އިތުރުކޮށްފިއެވެ.

މިއަދު އެ އިދާރާއިން ބުނީ، ރާއްޖޭގެ ކަނޑުތައް އާއްމު ގޮތެއްގައި ގަދަވާނެ ކަމަށެވެ. އަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރާނެ އެވެ.

ކަނޑުތައް ގަދަވި ކަމުގައި ވިޔަސް ދެކުނުގެ އަތޮޅުތައް ފިޔަވާ އެހެން ސަރަހައްދުތަކަށް މޫސުން އާއްމު ގޮތެއްގައި ރަނގަޅުވާނެ އެވެ. ނަމަވެސް ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރު ފޯރާނެ އެވެ. ވެދާ ފޯކާސްޓް ދައްކާ ގޮތުން ވައިޖެހެނީ ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގަ އެވެ. ވިލާގަނޑުގައި ގަޑިއަކު 45 މޭލުގެ ބާރުމިނުގަ އެވެ.

ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފައިވާތީ ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މޫސުމާ ބެހޭ އިދާރާއިން ވަނީ އިލްތިމާސްކުރައްވައިފަ އެވެ.

Written by

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!