ގެއަކުން ބޫޓެއް ވަގަށްނެގި މީހަކު ހޯދަނީ

ގެއަކުން ބޫޓެއް ވަގަށް ނެގި މައްސަލައަކާއި ގުޅިގެން މީހަކު ހޯދުމަށް ފުލުހުން އިއުލާނު ކޮށްފިއެވެ.

އެމީހާ ހޯދުމަށް އިއުލާނުކޮށްފައިވާ ލިޔުމާއިއެކު އޭނާ ފޮށްޓެއް ހިފައިގެންދާ މަންޒަރު ފެންނަ ވީޑިއޯއެއްވެސް ފުލުހުންވަނީ އާންމު ކޮށްފައެވެ.

އެމީހާއަކީ 2021 އޭޕްރީލް 18 ވަނަ ދުވަހު 5:48 ހާއިރު މާފަންނު، ގެއަކުން ޓްރެއިނިން ޝޫޒްއެއް ވަގަށް ނަގާފައިވާ މައްސަލައަކާ ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ މީހެކެވެ.

އެހެންކަމުން މިމީހާއާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި މިމައްސަލައިގެ އިންސިޑެންޓް ނަންބަރު ވިދާޅުވެ، އެމައުލޫމާތެއް ހިއްސާކުރެއްވުމަށްވެސް ފުލުހުންވަނީ އެދިފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!